ބޮލުން އިސްތަށި ފައިބާ ނަމަ އެންމެ ރަނގަޅު ހައްލަކީ ފޭރު ފަތް ކަމަށް ކަމަށް ސިއްހީ މާހިރުން ބުނެ އެވެ. އަދި ފޭރު ފަތަކީ އިސްތަށިގަނޑު ވަރުގަދަ ކުރުމަށްވެސް ރަނގަޅު އެއްޗެކެވެ.
ބޮޑު ހަރަދުކޮށްގެން ސެލޫންތަކަށް ގޮސް ބޮލުން އިސްތަށި ފަޅާނެ ޓްރީޓްމަންޓުތައް ހެދުމަށް ވުރެ ގޭގައި ހުރެގެން ދެތިން ގަޑި އިރު ތެރޭ ކުޑަ ހަރަދަކުން ފޭރު ފަތް ބޭނުން ކޮށްގެން ބޮލުގައި އިސްތަށި ފެޅުމަށް މަގުފަހިވާ ކަމެއް ކުރެވިދާނެ އެވެ.
ފޭރު ފަތަކީ އޭގައި ފޭރެކޭ އެއްގޮތަށް ވިޓަމިން ބީ، ސީ ހުރެ އެވެ. ފޭރު ފަތުގައި އެކުލެވޭ ވިޓަމިން ސީ އަކީ އޭގެ ހަކަތައިން އިސްތަށިތަކުގެ ބުޑުތަކާއި އިސްތަށިތައް ސާފުކޮށްދީ އިސްތަށި ފެޅުމަށް މަގުފަހި ކޮށްދޭ އެއްޗެކެވެ. މީގެ އިތުރުން އިރުގެ އަލިންވެސް ރައްކާތެރި ކޮށްދެ އެވެ.
އިސްތަށިގަނޑުގެ ފަރުވާއަށް ފޭރުފަތް ބޭނުން ކުރާނެ ގޮތް:
ފޭރުފަތުގައި ސައި ހަދައިގެން ބުއިމަކީ އިސްތަށިގަނޑަށް ފައިދާ ހުރި ކަމެކެވެ. ފޭރު ފަތުގައި ލޯޝަންވެސް ހެދިދާނެ އެވެ. އެކަމަކު އަހަރުމެންގެ ދިރިއުޅުމުގައި އެންމެ ފަސޭހަ ގޮތަކީ ފޭރު ފަތް ފެނު ކައްކައިގެން އިސްތަށިގަނޑަށް ފަރުވާ ލިބޭނެ ފަސޭހަ ގޮތެއް އެނގުމެވެ.
ފޭރު ފަތް 20 މިނެޓު ވަންދެން ފެނުކައްކާށެވެ. އޭގެ ފަހުގައި އެ ފެންގަނޑު އެއްކޮށް ހިހޫ ވަންދަން ބަހައްޓާށެވެ. އެ ފެން ބޮލުގައި ހޭކުމުގެ ކުރިން ސަމާލުކަން ދޭންވީ ބޮލުގައި އެއްވެސް ކަހަލަ ކްރީމްއެއް ނުވަތަ ތެލުގެ އަސަރު ނުހުންނާނެ ގޮތަށް ބޯ ދޮވެލުމަށެވެ.
ބޯ ދޮވުމަށްފަހު އެއްކޮށް ފެން ހިކެންދެން މަޑު ކުރާށެވެ. އޭގެ ފަހުގައި ފޭރުފަތް ކެއްކި ފެން ބޮލަށް އަޅައިގެން 10 މިނެޓު ވަންދެން މަސާޖު ކުރާށެވެ. ފޭރުފަތު ފެނުން މަސާޖު ކުރުމުން ލޭގެ ޕްރެޝަރު ރަނގަޅުވެ ނިއުޓްރިޝަން ލިބޭނެ އެވެ، ފެން އުނގުޅުމުގައި އެންމެ ބޮޑަށް ސަމާލުކަން ދޭންވީ އިސްތަށިތަކުގެ ބުޑުގަ އާއި ކޮޅުތަކުގައި ފެން އުނގުޅުމަށެވެ.
މަސާޖު ކުރުމަށް ފަހު އިސްތަށިގަނޑު ރަނގަޅަށް ބަންދުކޮށްގެން ދެ ގަޑި އިރުވަންދެން ހުންނާށެވެ. އޭގެ ފަހުގައި ތާފެނާ ފެނުން އިސްތަށިގަނޑު ރަނގަޅަށް ދޮވެލާށެވެ.
ތަޖުރިބާކާރުން ބުނާގޮތުގައި ބޮލުން އިސްތަށިފައިބާނަމަ ފޭރު ފެން ކައްކައިގެން ހަފްތާއަކު ތިން ފަހަރު މަސާޖު ކުރުން ރަނގަޅެވެ. އިސްތަށިގަނޑު ވަރުގަދަ ކުރަން ނަމަ ހަފްތާއަކު ދެ ފަހަރު މަސާޖު ކޮށްލުން ރަނގަޅެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް