ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީން ހިންގަމުން ގެންދިޔަ ކެމްޕެއިން ހަރަކާތްތައް މެދުކަނޑާލައިފި އެވެެ.
އެ ޕާޓީން ގެންދިޔައީ މިމަސް ފެށުނީންސުރެ މުޅި ރާއްޖޭގައި ކެމްޕެއިން ކުރަމުންނެވެ. މި ކެމްޕެއިން ހަރަކާތްތަކުގައި ޕާޓީގެ ރައީސް ރައީސް މުހައްމަދު ނަޝީދާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންނެވި އެވެ
ކޮރޯނާ ވައިރަސްއާއި ގުޅިގެން ސަލާމަތީ ފިޔަވަޅެއްގެ ގޮތުން މިރެއިން ފެށިގެން އެމްޑީޕީ ކެމްޕެއިންގެ ހުރިހާ ހަރަކާތެއް މަޑު ޖައްސާލާފައިވާ ކަމަށް އެ ޕަޓީން ބުނެ އެވެ. އަދި ކުރިޔަށް އޮތްތާ ކެމްޕެއިން ކުރާނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކަމަށްވެސް އެޕާޓިން ބުނެފައިވެ އެވެ.
ކެމްޕެއިން ހަރަކާތްތައް ހުއްޓާލުމުން އަންނަ ހަފްތާގައި ފުވައްމުލަކު ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައީސް ސޯލިހު ބައިވެރިވެ ވަޑައިގެންނަވާ ޖަލްސާވެސް ނޯންނާނެ ކަމަށް އެމްޑީޕީން ބުނެ އެވެ.
https://twitter.com/MDPSecretariat/status/1236352458063896576
އެމްޑީޕީގެ އިތުރުން އިދިކޮޅު ޕީޕީއެމްއާއި ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވަނީ ކައުންސިލް އިންތިހާބުގެ ކެމްޕެއިން ހަރަކާތްތައް ހުއްޓާލާފައި އެވެ. އެޗްޕީއޭއިން ބުނެފައިވަނީ އާންމުން ގިނައިން އެއްތަނަށް އެއްވެ އުޅުން ރައްކާތެރި ނޫންކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް