ކ. މާފުށީ ގެސްޓް ހައުސްއެއްގެ ތިން ފަތުރުވެރިއަކު ގެނބެނިކޮށް ސަލާމަތް ކޮށްފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، ގެނބެނިކޮށް ސަލާމަތް ކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ތިން ފިރެހެން ފަތުރުވެރިން ކަމަށެވެ.
ފުލުހުން ވިދާޅުވީ މިހާދިސާގެ ރިޕޯޓް ފުލުހަށް ލިބުނީ، މިއަދު މެންދުރު 15:24 ހާއިރު ކަމަށެވެ. އަދި ރިޕޯޓް ލިބުމާއި އެކީ ވަގުތުން މާފުށީ ޕޮލިސް ސްޓޭޝަންގެ ފުލުހުން އެސަރަހައްދަށް ދިޔަ ކަމަށެވެ. ފުލުހުން އެ ސަރަހައްދަށް ދިޔައިރު، އާއްމުންގެ އެހީތެރިކަމާއެކު މި ތިން ފަތުރުވެރިން އެއްގަމަށް ގެނެސްދީފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، ފުލުހުންގެ ވެހިކަލްގައި މި ތިން މިހުންވެސް މާފުށި ހެލްތް ސެންޓަރަށް ގެންގޮސްދީފައިވާ ކަމަށާއި އަދި މިހާރު މިތިން މީހުންގެ ހާލުވެސް ސްޓޭބަލް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް