ޑްރަގް ވިޔަފާރި ކުރަމުންދިޔަ ބަޔަކު ހައްޔަރުކޮށްފި

މާލޭގައި ޑްރަގް ބޭނުންކޮށް އޭގެ ވިޔަފާރި ކުރަމުން ދިޔަ 17 މީހަކު ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ މާލޭ ގަލޮޅުގައި ހުރި ގެއެއްގެ ތެރޭ މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރި ކުރަމުންދ...

08 Mar 2019 | 14:22

މާލޭގައި ޑްރަގް ބޭނުންކޮށް އޭގެ ވިޔަފާރި ކުރަމުން ދިޔަ 17 މީހަކު ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މާލޭ ގަލޮޅުގައި ހުރި ގެއެއްގެ ތެރޭ މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރި ކުރަމުންދާ ކަމުގެ މައުލޫމާތު އިންޓެލިޖަންސްއަށް ލިބުމާއެކު ޑްރަފް އެންފޯސްމަންޓް އިންޓެލިޖަންސްއާ ގުޅިގެން 17 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން އެ މީހުންގެ މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ގެ ބަލާފާސްކޮށް އެތަކެތި އަޅާފައި ހުރި ކަމަށް ޝައްކު ކުރެވޭ ފިލްމް ހުސްކުރި ދަޅަކާއި 10 ސެލޯފިން ކޮޅާއި 164 ރަބަރު ޕެކެޓު ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 18 އަހަރާއި 38 އަހަރާ ދެމެދުގެ ފިރިހެނުންނެވެ. މިމައްސަލައާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. ފުލުހުން އަންނަނީ މިހާރު މިމައްސަލަ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް