އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރައްވާ އައިމިނަތު ނާދިރާގެ ކެމްޕެއިން ރަސްމީކޮށް ލޯންޗު ކުރުން މިރޭ ބާއްވަން ނިންމައިފިއެވެ.
ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއީދާއެކު މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ނާދިރާގެ ކެމްޕޭން ލޯންޗިން އޮންނާނީ މިރޭ 8:45 ގައި ލޮނުޒިޔާރަތް މަގުގައި ހުންނަ ލިންޗްޕިން ކުރިމަތީގައެވެ.
މޯލްޑިވްސް ރިފޯމް މޫވްމަންޓް އުފެއްދުމަށް މަސައްކަތްކުރައްވާ ރައީސް މައުމޫން ޝަރަފްވެރިކޮށްދެއްވާ މިރޭގެ ހަފްލާއަށް ނާދިރާ ވަނީ ހެންވޭރު އުތުރު ދާއިރާގެ ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވައިފައެވެ.
ސަރުކާރާ އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ކުރީގެ ނައިބް އަދި މިހާރު ރައީސް މައުމޫންގެ އެމްއާރުއެމްގައި އިސްކޮށް އުޅުއްވާ ނާދިރާ އަކީ ޔާމީންގެ ސަރުކާރުގައި ޖެންޑާ މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރުކަން ކުރެއްވި ބޭފުޅެކެވެ.
ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރައްވާ ނާދިރާ މީގެ ކުރިން ވިދާޅުވެފައިވަނީ، އޭނާއަކީ ގަލޮޅު ދެކުނުގެ ރައްޔިތުންގެ އަޑުއަހާނެ އަދި އެ އަޑު އިއްވުމުގައި ސާބިތުކަމާއެކު ހުންނަވާނެ ބޭފުޅެއް ކަމަށެވެ.
ނާދިރާއާއެކު ގަލޮޅު ދެކުނަށް ހަ ކެންޑިޑޭޓުން ވާދަކުރާއިރު އޭނާއާއެކު އަމިއްލަ ގޮތުން ތިން ކެނޑިޑޭޓުން ވާދަކުރެއެވެ. ނަމަވެސް ނާދިރާއަކީ އެ ދާއިރާއަށް ކުރިމަތިލައްވާ ހަމައެކަނި އަންހެން ބޭފުޅާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް