އެމްޑީޕީގެ ޖަގަހަ އަކަށް ގެއްލުންދީ މަރުގެ އިންޒާރުދީފި

މަޖިލިސް އިންތިހާބުގައި ގަލޮޅު ދެކުނު ދާއިރާއަށް އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓް މީކާއީލް ނަސީމްގެ ކެމްޕެއިން ޖަގަހައަށް ރޭ ބަޔަކު ގެއްލުންދީ މަރުގެ އިންޒާރު ދީފިއެވެ. އެމްޑީޕީން ބުނީ މީކާއީލްގެ ކެމްޕެ...

08 Mar 2019 | 13:48

މަޖިލިސް އިންތިހާބުގައި ގަލޮޅު ދެކުނު ދާއިރާއަށް އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓް މީކާއީލް ނަސީމްގެ ކެމްޕެއިން ޖަގަހައަށް ރޭ ބަޔަކު ގެއްލުންދީ މަރުގެ އިންޒާރު ދީފިއެވެ.

އެމްޑީޕީން ބުނީ މީކާއީލްގެ ކެމްޕެއިން ޖަގަހައިގެ ބިއްލޫރިތައް ތަޅާލައި މީކާއީލްއަށް މަރުގެ އިންޒާރު ބަޔަކު ދީފައިވާ ކަމުގައެވެ. މީގެ އިތުރުން މަގުތަކުގައި ހުރި މީކާއީލްގެ ބިލް ބޯޑްތައްވެސް ނަގާފައިވާކަމަށް އެމްޑީޕީން ބުނެއެވެ.

ގަލޮޅު ދެކުނަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ މީކާއީލް ނަސީމަކީ އެމްޑީޕީގެ ޔޫތް ވިންގްގެ ރައީސް އެވެ،

މަޖިލިސް އިންތިހާބުގައި ގަލޮޅު ދެކުނު ދާއިރާއަށް މީކާއީލް އާއި އެކު ހަ ކެންޑިޑޭޓަކު ވާދަ ކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް