ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން 40 ގައުމަކުން ގޮވާލައިފި

ރާއްޖޭގައި އިއުލާނުކޮށް ދިގުދަންމާލާފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން ދުނިޔޭގެ 40 ގައުމަކުން ގޮވާލައިފި އެވެ. 40 ގައުމަކުން މިކަމަށް ގޮވާލާފައިވަނީ ޖެނީވާފައި މިއަދު ބޭއްވި، އދގެ ހިއުމަން ރައ...

08 Mar 2018 | 17:39

ރާއްޖޭގައި އިއުލާނުކޮށް ދިގުދަންމާލާފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން ދުނިޔޭގެ 40 ގައުމަކުން ގޮވާލައިފި އެވެ.

40 ގައުމަކުން މިކަމަށް ގޮވާލާފައިވަނީ ޖެނީވާފައި މިއަދު ބޭއްވި، އދގެ ހިއުމަން ރައިޓްސް ކައުންސިލްގެ 37 ވަނަ ސެޝަނުގައި އިއްވި ބަޔާނުގައި އެވެ.

އެ ބަޔާނުގައި ދިވެހި ސަރުކާރަށް ގޮވާލާފައިވަނީ ރާއްޖޭގައި އިންސާނީ ހައްގުތަކުގެ ހާލަތު ދަށަށް ދަމުންދާ ދިއުމަށް ރިއާޔަތްކޮށް، ސުލްހަވެރިކަމާއެކު ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި، މަޖިލީހުގެ މަސައްކަތް ރަނގަޅަށް ހިންގަން ފުރުސަތު ދިނުމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި، ސުޕްރީމްކޯޓާއި ޝަރުއީ ނިޒާމުގެ އެހެން ގޮފިތައް ވެސް ފުރިހަމަ މިނިވަންކަމާއެކު މަސައްކަތްކުރަން ފުރުސަތުދިނުމަށްވެސް ގޮވާލާފައިވާއިރު، ޕާލަމެންޓުގެ މަސައްކަތް ފުރިހަމައަށް މިނިވަންކަމާއެކު ހިނގުމަށް ފުރުސަތުދީ ސުޕްރީމްކޯޓުން އަންގާފައިވާ ގޮތަށް 12 މެމްބަރުންގެ މެމްބަރުކަން އިއާދަކޮށް ސިޔާސީ ގައިދީންނާއި އެމީހުންގެ އާއިލާގެ މެމްބަރު މިނިވަން ކުރުމަށްވެސް ގޮވާލާފައި ވެ އެވެ.

އެ ބަޔާނަށް ތާއީދުކޮށްފައިވާ ގައުމުތަކުގެ ތެރޭގައި އަލްބޭނިއާ، އޮސްޓްރޭލިއާ، އޮސްޓްރިއާ، ބެލްޖިއަމް، ބަލްގޭރިއާ، ކެނެޑާ، ކްރޮއޭޝިޔާ، ސިޕްރަސް، ޗެކް ރިޕަބްލިކް، ޑެންމާކް، އެސްޓޯނިއާ، ފިންލޭންޑް، ފްރާންސް، ޖަރމަނީ، ޖޯޖިއާ، ގްރީސް، ހަންގޭރީ، އައިސްލޭންޑް، އަޔަރލޭންޑް، އިޓަލީ، ލެޓްވިއާ، ލިޗްޓެންސްޓެއިން ލިތުއޭނިޔާ، ލަގްޒަމްބާގް، މަސެޑޯނިއާ، މަލްޓާ، މޮންޓެނެގްރ، ނެދަލެންޑްސް، ނިއުޒިލެންޑް، ނޯވޭ، ޕޮލެންޑް، ޕޯޗުގަލް، ރޮމޭނިއާ، ސްލޮވޭނިއާ، ސްލޮވޭކިއާ، ސްޕެއިން، ސްވިޑެން، ސްވިޒަލެންޑް، ޔޫކްރެން، އިނގިރޭސިވިލާތް އަދި އެމެރިކާ ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް