ރެހެންދި އެވޯޑު މިފަހަރު ދެ ދާއިރާއިން ތިން ކަނބަލަކަށް!

ގައުމީ ހިދުމަތުގައި އަންހެން ކަނބަލުން ކުރާ މަސައްކަތް ފާހަގަކޮށް ސަރުކާރުން ދޭ ރެހެންދި އެވޯޑު ދެ ދާއިރާއަކުން މިއަހަރު ތިން ކަނބަލަކަށް ދީފި އެވެ. އެވޯޑު ލިބުނި އާންމުކޮށް އަންހެނުން ހަރަކާތްތެރި ނު...

08 Mar 2018 | 17:35

ގައުމީ ހިދުމަތުގައި އަންހެން ކަނބަލުން ކުރާ މަސައްކަތް ފާހަގަކޮށް ސަރުކާރުން ދޭ ރެހެންދި އެވޯޑު ދެ ދާއިރާއަކުން މިއަހަރު ތިން ކަނބަލަކަށް ދީފި އެވެ.

އެވޯޑު ލިބުނި އާންމުކޮށް އަންހެނުން ހަރަކާތްތެރި ނުވާ ދާއިރާތަކުގައި މަސައްކަތް ކުރުމުގެ ކެޓަގަރީން ޒޫނާ ނަސީމް، ނ. ކުޑަފަރީ، ލަކީ ކޯނާ އަށެވެ. އޭނާ އަކީ ޑައިވް އިންސްޓްރަކްޓަރެކެވެ. އަދި އޭނާ ވަނީ އެ ދާއިރާގައި 23 އަހަރު ހިދުމަތް ކުރައްވާފަ އެވެ.

އެވޯޑު ލިބުނު އަނެއް ދެ ކަނބަލުން ކަމަށްވާ އައިމިނަތު ވަހީދާ (އައިންތު ސިސްޓާ)، މާލެ ހ. މާހާ އަދި އިންސްޕެކްޓާ އޮފް ޕޮލިސް ފާތިމަތު ނަޝްވާ، ޅ. ނައިފަރު ސީސައިޑް އަށް އެ ވޯޑު ލިބިވަޑައިގެންނެވީ އަދާ ކުރާ ވަޒީފާ ނުވަތަ ކޮށްދީފައިވާ ހިދުމަތުގެ ދާއިރާއިންނެވެ.

ނަޝްވާ ފުލުހުންގެ ހިދުމަތުގައި އުޅުއްވާތާ 22 އަހަރު ވެއްޖެ އެވެ. އަދި އައިންތު ނަރުހެއްގެ ގޮތުގައި ވަޒީފާ އަދާ ކުރައްވާތާ 49 އަހަރު ވެއްޖެ އެވެ.

މި ތިން ކަނބަލުންނާއި އެވޯޑު ހަވާލުކޮށްދެއްވީ މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ނައިބު ރައީސް  އަބްދުﷲ ޖިހާދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް