އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ އޮފީސް ތެރެއަށް ފުލުހުން ކުއްލި ގޮތަކަށް ވަދެ އެ ޕާޓީގެ އިސް ތިން ބޭފުޅަކު ހައްޔަރުކޮށްފި އެވެ.
ހައްޔަރު ކޮށްފައިވަނީ މަޖިލީހުގެ ކުރީގެ ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲގެ ފިރިކަލުން އަހުމަދު ޝާހިދު (ސާބެ) އަދި ގައުމީ މަޖިލީހުގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ އެވެ.
https://twitter.com/MDPSecretariat/status/971642310143361024
އެމްޑީޕީން މައުލޫމާތު ދޭ ގޮތުގައި އެސްއޯ ފުލުހުން އެ ޕާޓީގެ އޮފީސް ތެރެއަށް ވަދެ އެ ތިން ބޭފުޅުން ހައްޔަރު ކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށް ބުނެ އެވެ. އަދި އެ ބޭފުޅުން ހައްޔަރު ކުރީ ތަހުގީގު ކުރަމުންދާ މައްސަލަ އަކާއި ގުޅިގެން ކަމަށް ބުނި ކަމަށެވެ.
އެ ބޭފުޅުން ހައްޔަރު ކުރި އިރު ތިއްބެވީ ބައްދަލުވުމެއްގައި ކަމަށްވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް