އިދިކޮޅު އަންހެނުންގެ ހިނގާލުން ފުލުހުން ހުއްޓުވައިފި

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިދިކޮޅު ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ އަންހެނުން ގުޅިގެން މާލޭގައި ބާއްވަން މަސައްކަތް ކުރި ހިނގާލުމަށް ފުލުހުން ހުރަސް އަޅައި ހުއްޓުވާލައިފ...

08 Mar 2018 | 06:34

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިދިކޮޅު ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ އަންހެނުން ގުޅިގެން މާލޭގައި ބާއްވަން މަސައްކަތް ކުރި ހިނގާލުމަށް ފުލުހުން ހުރަސް އަޅައި ހުއްޓުވާލައިފި އެވެ.

ހިނގާލުން ފަށަން ހަމަޖެހިފައި އޮތީ ހެނދުނު 7:00 ގައި މ. ކުނޫޒު ކައިރިންނެވެ. އެކަމަކު ފުލުހުން ވަނީ ހިނގާލުމުގެ ބައިވެރިންނަށް އެ ސަރަހައްދުން ދުރަށް ނުދެވޭނެހެން ބެރިކޭޑް ޖަހައި ބަންދުކޮށްފައި އެވެ.

ފުލުހުން ހުރަސް އެޅުމުން ބައިވެރިންނަށް ކުރިޔަށް ނުދެވިގެން އެތާ މަޑު ކުރި ނަމަވެސް އިތުރު ހަމަނުޖެހުމެއް ހިނގާފައެއް ނުވެ އެވެ.

މި އެއްވުމުގައި އިސްކޮށް ހަރަކާތްތެރިވި ކަނބަލުންގެ ތެރޭގައި ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގެ މެންބަރު އާމިނަތު ނާދިރާ އާއި، އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު  ހިމެނެ އެވެ.

ހިނގާލުމަށް ފުރުސަތު ނުދިނުމުން އެއްވުން 8:00 އެހާއިރު ވަނީ ނިންމާލާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް