އިރްފާން ޚާން ފަރުވާ ހޯދުމަށް ހޮސްޕިޓަލްގައި އެޑްމިޓެއް ނުކުރޭ

ބޮލީވުޑްގެ އެކްޓަރު އިރްފާން ޚާން ގޮތްނޭންގޭ ބައްޔަކަށް ފަރުވާ ހޯދަމުންދާކަމަށް މާޗްމަހުގެ ފަސް ވަނަ ދުވަހު ވަނީ ބުނެފައެވެ. އެއީ ކޮންބައްޔެއްކަން އަދި ނޭންގޭކަމަށާއި ބައްޔަށް ފަރުވާ ހޯދަމުންދާކަމަށް ...

08 Mar 2018 | 03:36

ބޮލީވުޑްގެ އެކްޓަރު އިރްފާން ޚާން ގޮތްނޭންގޭ ބައްޔަކަށް ފަރުވާ ހޯދަމުންދާކަމަށް މާޗްމަހުގެ ފަސް ވަނަ ދުވަހު ވަނީ ބުނެފައެވެ.

އެއީ ކޮންބައްޔެއްކަން އަދި ނޭންގޭކަމަށާއި ބައްޔަށް ފަރުވާ ހޯދަމުންދާކަމަށް އިރްފާން ވަނީ ބުނެފައެވެ. އަދި މިކަމާގުޅޭ ތަފްސީލު އިނގުނުހާ އަވަހަށް އޭނާ ކިޔައިދޭނެކަމަށްވެސް ވަނީ ބުނެފައެވެ. މިވާހަކަތައް އިރްފާން ޚާން ޓްވިޓަރ މެދުވެރިކޮށް ހިއްސާކޮށްފައިވަނިކޮށް މުމްބާއީގެ ހޮސްޕިޓަލެއްކަމުގައިވާ ކޮކިލަބެން ހޮސްޕިޓަލުގައި އިރްފާން ޚާން އެޑްމިޓްކޮށް ފަރުވާހޯދަމުންދާކަމުގެ އަޑުތަކެއްވަނީ ފެތުރިގެންގޮސްފައެވެ. އަދި އިރްފާން ޚާން ފަރުވާ ހޯދަމުން އަންނަނީ ބްރެއިން ކެންސަރަށްކަމަށްވެސް އަޑުތައްވަނީ ފެތުރިފައެވެ.

ނަމަވެސް ހޮސްޕިޓަލުން ވަނީ އެކަން ދޮގުކޮށްފައެވެ. ހޮސްޕިޓަލުގެ އޮފިޝަލަކު ބުނެފައިވަނީ އިރްފާން ޚާން އެހޮސްޕިޓަލުން ފަރުވާހޯދާފައިނުވާކަމުގައެވެ. އިރްފާން ޚާން ފަރުވާ ހޯދަމުން އަންނަނީ ކެންސަރަށްތޯ އެހުމުން އިރްފާން ޚާންގެ ސްޕޯކްސް ޕާސަން ވަނީ އެސުވާލަށް ޖަވާބުދާރީވާން އުޒުރުވެރިވެ ފަހުން ތަފްސީލްދޭނެކަމަށް ބުނެފައެވެ.

ފާއިތުވި 30 އަހަރު ބޮލީވުޑްގެ ފިލްމުތަކުން ފެނިގެންގޮސްފައިވާ 51 އަހަރުގެ އެކްޓަރ ވަނީ ހޮލީވުޑް ފިލްމުތަކުގައިވެސް ހަރަކާތްތެރިވެފައެވެ. އިރްފާން ޚާން ގެ ސިއްހީ ހާލަތު ހުރިގޮތުން އޭނާ ދީޕިކާއާއެކު ކުޅުމަށް ހަމަޖެހިފައިވާ ފިލްމުގެ ޝޫޓިންވެސް ވަނީ ފަހަތަށް ޖައްސާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް