ސަންޖޭ ދަތަށް ސަޕޯޓު ކުރާ ވަރުގަދަ ސަޕޯޓަރަކު ކުރި ކަމަކުން އޭނާއަށް ޝޮކެއް ޖެހިއްޖެ އެވެ.
ނިޝީ ހަރިޝްޗަންދްރަން ކިޔާ އުމުރުން 62 އަހަރުގެ އަންހެނަކު މަރުވީ މިދިޔަ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު އެވެ. މުމްބާއީގައި ދިރިއުޅޭ އެމީހާ ވަނީ މަރުވުމުގެ ކުރިން އޭނާގެ މިލްކިއްޔާތުގައިވާ ހުރިހާ އެއްޗެއް ސަންޖޭ ދަތުގެ ނަމަށް ބަދަލުކޮށްފަ އެވެ.
އެކަން ސަންޖޭ ދަތަށް އެނގުނީ ބޭންކާއި ފުލުހުން އޭނާއަށް އެކަން އެންގުމުންނެވެ. ރިޕޯޓުތައް ބުނާގޮތުގައި އެމީހާއެއް ސަންޖޭ ދަތަކަށް ނޭނގެ އެވެ.
އެކަމަކު ސަންޖޭ ދަތު ވަނީ ނިޝީގެ އެއްވެސް މުދަލެއް ބޭނުން ނޫން ކަމަށް ބުނެ އޭނާގެ ނަމަށް ބަދަލުކޮށްފައި ހުރި ނިޝީ ހަރިޝްޗަންދްރަންގެ މިލްކިއްޔާތު ކޯޓު މެދުވެރިކޮށް އޭނާގެ އާއިލާގެ ނަމަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާފައި އެވެ.
ނިޝީ ހަރިޝްޗަންދްރަން ގެ މި އަމަލާއި ގުޅިގެން ސަންޖޭ ދަތު ބުނެފައިވަނީ ސަޕޯޓަރުން ތަރިންނަށް ކުރާ ގަދަރާއި ލޯބި މިހާތަނަށް ފެނިފައިވަނީ ދޭ ހަދިޔާތަކާއި އެމީހުންގެ ދަރިންނަށް އެ ތަރިންގެ ނަން ދިނުން ފަދަ ކަންތައްތަކުން ކަމަށެވެ. އެކަމަކު ނިޝީ އަރިޝްޗަންދްރަން ކަންތައް ކޮށްފައިވާ ގޮތުން ބޮޑު ޝޮކެއް ޖެހިފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް