އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވެއްޖެ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގަ އައްޑޫ ސިޓީގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ އެވެ. އެމްއެންޑީއެފުން ބުނީ ފެން ބޮޑުވެ އާންމުންނަށް އުނދަގޫތަކާއި ކުރިމަތިވެފައިވަނީ އެ ސިޓީގެ ގުޅިފަ...

08 Mar 2018 | 03:00

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގަ އައްޑޫ ސިޓީގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ފެން ބޮޑުވެ އާންމުންނަށް އުނދަގޫތަކާއި ކުރިމަތިވެފައިވަނީ އެ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ކަމަށެވެ. އެގޮތުން އެންމެ ބޮޑަށް ފެންބޮޑުވެފައިވަނީ ހިތަދޫގައި އެވެ.

ވިއްސާރަވުމުގެ ސަބަބުން ހިތަދޫގެ ބައެއް ގޭގެއަށާއި މިސްކިތްތަކުގެ އިތުރުން އެހެން ބައެއް ތަންތަނަށް ފެން ވަންނަމުން ދާކަމަށް މައުލޫމާތު ދެ އެވެ. އެމްއެންޑީއެފް ސަދާން އޭރިއާގެ ސިފައިން ދަނީ ޕަންޕާއި ވެލި ބަސްތާ ޖަހައިގެން އެ ސަރަހައްދުތަކުން ފެން ހިއްކަމުންނެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގަ އިއްޔެ ހަވީރު ހަތަރެއް ޖަހާކަށް ހާއިރުން ފެށިގެން އައްޑޫ ސިޓީއަށް ދަނީ ބޯކޮށް ވާރޭވެހެމުންނެވެ. މިދިޔަ އަހަރު ކުރި މޫސުމީ ވިއްސާރައިގަވެސް އައްޑޫއަށް ހޮނު އަޅައި ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވެ ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ގެންދަނީ އެންމެ ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލާޓު ނެރެމުންނެވެ. ޔެލޯ އެލާޓު ނެރެނީ ދިމާވެދާނެ ހާދިސާއަކުން ސަލާމަތްވުމަށް ފަޔަވަޅު އެޅުމަށް ހަނދާން ކޮށްދިނުމުގެ ގޮތުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް