ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ރިޕޯޓު ކުރުން އިތުރުވެފައިވާ މިދުވަސްވަރު ކުޑަކުދިންނާއި ގުޅޭ ސީރިއަސް އިތުރު މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މިއަދު ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯގައި ފެންނަނީ ކުޑަ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ގައިގޯޅިވާ މަންޒަރެވެ. އަދި އުމުރާ ނުގުޅޭ އަމަލުތަކެއް ހިންގާތަން ފެނެއެވެ. ބެލެވޭގޮތުގައި އެ ކުދިންގެ އުމުރުން ވާނީ އަށެއް ނުވަތަ ނުވަ ވަރަކަށް އަހަރެވެ.
ގެއެއްގެ ބެލްކަނީގަ ތިބެ އެއަމަލު ހިންގި އިރު އެ ގޭގައި ބޮޑެތި މީހުން އުޅެމުންދާކަން ވީޑިއޯއިން އިވޭ އަޑުތަކުން އިނގެއެވެ. މި ވީޑިއޯ ސޯޝަލް މީޑިއާގައި ޕޯސްޓުކުރުމާއި އެކު ގިނަ ބަޔަކުވަނީ އެ ވީޑިއޯ ޝެއާކޮށްފަ އެވެ. އަދި މިއީ މިއަދުގެ ކުޑަކުދިންގެ ހާލަތުކަމަށް ބުނެ މީހުން ވާހަކަދައްކަމުންދިޔަ އެވެ.
މިކަމާ ގުޅިގެން ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ވަނީ ވީޑިއޯތައް އިންޓަނެޓުން ނެގުމަށް ނަސޭހަތްތެރިވެފަ އެވެ. އަދި އެ ކުދިންނަކީ ކޮންބައެއްކަން އެނގޭގޮތަށް ވީޑިއޯގައި ހުރުމަކީ ކުދިންގެ ކަރާމާތް ގެއްލޭނެ ކަމެއް ކަމަށް ބުނެފައިވެ އެވެ.
ޖެންޑާ މިނިސްޓްރީން ބުނީ މިފަދަ މައްސަލަތަކުގެ ވީޑީއޯ އާއި ފޮޓޯ އާންމުކުރުމުގެ ބަދަލުގައި އެފަދަ މައްސަލަތައް އެ މިނިސްޓްރީގެ ނަމްބަރު 1412 އަށް ރިޕޯޓު ކުރުމަށް އެދޭކަމަށެވެ.
https://twitter.com/MoGFSSmv/status/1226076441516732416
https://twitter.com/PoliceMv/status/1226075760064000000
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް