ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް މަރިޔަމް ވަހީދާ އަންނަ ބުދަ ދުވަހު މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފި އެވެ.
އޭނާ އެ ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރަނީ މަގާމާއި ހަވާލުވެވަޑައިގެންނެވިފަހުން ސަރުކާރުގެ ހަފްލާއެއް ހުށަހެޅުއްވި މައްސަލައިގަ އެވެ. އެ މައްސަލަ ހުށަހެޅުއްވީ ކޮމިޓީގެ މުގައްރިރު މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެވެ.
ރޮޒައިނާ ވިދާޅުވީ މިނިވަން މުއައްސަސާތައް ނުފޫޒުން އެއްކިބާވެ ހިންގުމަށް، އެ ކޮމިޓީން އަދާކުރަން ޖެހޭ ޒިންމާ އަދާކޮށް، ރައްޔިތުންގެ އިތުބާރު މުއައްސަސާތަކަށް ހޯދަން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ.
މަރީ ހުށަހެޅުއްވީ ޓޫރިޒަމް މިނިސްޓްރީގެ ހަފްލާއެކެވެ. އެ ހަފްލާގައި އޭނާ ވަނީ ސަރުކަރަށް ތައުރީފު ކުރައްވާ ވާހަކަދައްކަވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް