މާ ގިނައިރު ޑައިވް ކުރި ފަތުރުވެރިޔަކު މަރުވެއްޖެ

ޅ. އަތޮޅުގެ ރިސޯޓެއްގައި މާގިނަ އިރު ޑައިވް ކުރި ފަތުރުވެރިއަކު މަރުވެއްޖެ އެވެ. ފުލުހުން ބުނީ އެމީހާ އެ އަތޮޅު ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ. އެކަމަކު އެއީ ކޮން ރިސޯޓެއް ކަމެއް ...

08 Feb 2020 | 09:30

ޅ. އަތޮޅުގެ ރިސޯޓެއްގައި މާގިނަ އިރު ޑައިވް ކުރި ފަތުރުވެރިއަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ އެމީހާ އެ އަތޮޅު ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ. އެކަމަކު އެއީ ކޮން ރިސޯޓެއް ކަމެއް ހާމައެއް ނުކުރެ އެވެ.

މި ހާދިސާގައި މަރުވެފައިވަނީ69 އަހަރުގެ އޮސްޓްރިއާ މީހެކެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ގިނައިރު ޑައިވް ކުރުމަށް ފަހު އެއްވެސް ހަރަކާތެއް ނެތި ފެންމަތީގައި އޮއްވާ ފެނުނީ ޑައިވް އިންސްޓްރަކްޓަރަކަށެވެ. އަދި އޭނާއަށް ވަގުތުން ޑައިވިން ބޯޓަށް އަރުވައި ސީޕީއާރު އަދި އޮކްސިޖަން ދިން ކަމަށް އެމީހުންނާއި ހަވާލާދީ ފުލުހުން ބުނެ އެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ބަލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް