ދިރާގުޕޭ މެދުވެރިކޮށް އެލައިޑް އިންޝުއަރެންސްގެ ޕޮލިސީތަކަށް ފައިސާދެއްކޭގޮތް ހަމަޖައްސައިފި

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދޭ ކުންފުނި ދިރާގުގެ ޑިޖިޓަލް ވޮލެޓް، ދިރާގު ޕޭ މެދުވެރިކޮށް ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭ ކ...

08 Feb 2020 | 07:44

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދޭ ކުންފުނި ދިރާގުގެ ޑިޖިޓަލް ވޮލެޓް، ދިރާގު ޕޭ މެދުވެރިކޮށް ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނި ކަމަށްވާ އެލައިޑް އިންޝުއަރެންސްގެ ޕޮލިސީތައް ބައްލަވައިގަތުމުގެ ޚިދުމަތް މި ދެ ކުންފުނި ގުޅިގެން ހަމަޖައްސައިފިއެވެ.

ދިރާގު ޕޭ ބޭނުންކުރައްވާ ކަސްޓަމަރުންނަށް މިހާރު އެލައިޑްގެ އެޕްލިކޭޝަން، އެލައިޑް ވެބްސައިޓް އަދި www.travelers.mv  އިން އެލައިޑްގެ ހުރިހާ އިންޝުއަރެންސް ޕޮލިސީ ތައް ބައްލަވައިގަނެވޭނެއެވެ. މީގެ އިތުރުން އެލައިޑްގެ ކަސްޓަމަރ ސަރވިސް ސެންޓަރުތަކުންވެސް ކަސްޓަމަރުންނަށް 'ކިއުއާރު ކޯޑް' ޖެއްސެވުމަށްފަހު ނުވަތަ އެލައިޑްގެ މަރޗެންޓް އައިޑީ ޖެއްސެވުމަށްފަހު ދިރާގު ޕޭގެ އެޕްލިކޭޝަން މެދެވެރުކޮށް ލައިފް އިންޝުއަރެންސް ފިޔަވާ އެހެން ހުރިހާ ޕޮލިސީތަކަށް ފައިސާދެއްކޭނެއެވެ.

ދިރާގު ޕޭ އަކީ ކޭޝްލެސް ނުވަތަ ޖީބުގައި ފައިސާ އަދި ޕްލާސްޓިކް ކާޑް ނުގެންގުޅެ ވިޔަފާރީގެ އެކި މުއާމަލާތް ހިންގޭ ޑިޖިޓަލް ވޮލެޓެކެވެ. ރާއްޖޭގައި ނިއަރ ފީލްޑް ކޮމިނިކޭޝަން (އެން.އެފް.ސީ) ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮންމެ މޯބައިލް ފޯނަކުންވެސް ތަކެއްޗާއި ހިދުމަތްތަކަށް ފައިސާދެއްކޭނެގޮތާއި ފައިސާ ޖަމާކުރުމާއި ފައިސާ ނެގޭނެގޮތަށް ތައާރަފްކުރި މިހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކާމާއި، ރައްކާތެރިކަމާއެކީ ބާޒާރުކުރުމާއި ފައިސާގެ މުއާމަލާތް ހިންގޭނެއެވެ.

ދިރާގުޕޭގެ ޚިދުމަތް މިހާރު ރާއްޖޭގެ އެކި ހިސާބުތަކުން 270 މާޗެންޓުން ފޯރުކޮށްދެއެވެ. އަދި މި ފަދަ މާޗެންޓް ތަކުން ދިރާގުޕޭ ގެ ކަސްޓަމަރުންނަށް މި ޚިދުމަތް ބޭނުން ކުރައްވައިގެން ކުރައްވާ ވިޔަފާރި ތަކަށް 10% އާއި 50% އާއި ދެމެދުގެ ޑިސްކައުންޓު ލިބިގެންދާނެއެވެ.

ދިރާގުގެ އަމާޒަކީ އިނޮވޭޝަނާއި ޓެކްނޮލޮޖީގެ ޒަރިއްޔާއިންނާއި ކަސްޓަމަރުންގެ ޑިޖިޓަލް ތަޖްރިބާ އިތުރަށް ފުރިހަމަކޮށް ދިނުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް