ކުއީން އެލިޒަބަތު2 ގެ މާމަ ދަރިކަނބަލުން ޕްރިންސެސް ބީޓްރިސްގެ ކައިވެނީގެ ރަސްމިއްޔާތު މި އަހަރު މެއި މަހު އޮންނާނެ ކަން އިއުލާނުކޮށްފި އެވެ.
ޕްރިންސެސް ބީޓްރިސް އާއި ލޯބިވެރިޔާ މަޕޭލީ މޮޒީ އެންގޭޖްވެފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އިޓަލީގައި އެވެ. ޝާހީ އާއިލާގެ ރަސްމީ އިންސްޓަގްރާޕް ޕޭޖުގައި ބުނެފައިވާ ގޮތުގައި އެ ދެމީހުންގެ ކައިވެނި ހަފްލާ އޮންނާނީ މެއި މަހުގެ29 ވާ ހުކުރު ދުވަހު އެވެ.
މި ކައިވެންޏަށް މާމާފުޅު މިހާރު ރުހުން ދީފައިވާއިރު ކައިވެނި ހަފްލާ އޮންނާނީ އާއިލީ ހަފްލާއެއް ގޮތަށް ބަކިންހަމް ޕެލަސްގައި އެވެ. މާގިނަ މީހުންނަކަށް މި ހަފްލާއަށް ދައުވަތެއް ނުދޭނެ އެވެ.
ބީޓްރިސް އެންގޭޖްވި މަޕޭލީ އަކީ ވަރަށް ނުފޫޒުގަދަ މުއްސަނދި ވިޔަފާރިވެރި އެކެވެ.
އުމުރުން 32 އަހަރުގެ ޕްރިންސެސް ބީޓްރިސް އަކީ ޕްރިންސް ޗާލްސްގެ ކޮއްކޯފުޅު ޕްރިންސް އެންޑްރޫގެ ދެ އަންހެން ބޭފުޅުންގެ ތެރެއިން ދޮށީ އަންހެން ދަރިކަނބަލުންނެވެ. އެކަމަނާގެ ކޮއްކޯފުޅު އުމުރުން 30 އަހަރުގެ ޕްރިންސެސް ޔުނިޖިނީ ވަނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު ކައިވެނި ބައްލަވައިގެންފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް