އަނބިމީހާއާ މާރާމާރީ ހިންގި ފިރިއަކު ހައްޔަރުކޮށްފި

އަނބިމީހާ އާއި މާރާމާރީ ހިންގި ފިރިއަކު ފުލުހުން ހައްޔަރުކޮށްި އެވެ. ފުލުހުން ބުނީ އެ މާރާމާރީ ރިޕޯޓު ކުރީ ނ، ރ، ބ އަދި ޅ ހިމެނޭ ނޯތް ޕޮލިސް ޑިވިޝަންގެ ރަށަކުން ކަމަށެވެ. މި މައްސަލަ ހުށަހެޅީ ރޭ10:30 ...

08 Feb 2020 | 06:36

އަނބިމީހާ އާއި މާރާމާރީ ހިންގި ފިރިއަކު ފުލުހުން ހައްޔަރުކޮށްި އެވެ.

ފުލުހުން ބުނީ އެ މާރާމާރީ ރިޕޯޓު ކުރީ ނ، ރ، ބ އަދި ޅ ހިމެނޭ ނޯތް ޕޮލިސް ޑިވިޝަންގެ ރަށަކުން ކަމަށެވެ. މި މައްސަލަ ހުށަހެޅީ ރޭ10:30 ހާއިރު އެވެ.

އަނބިމީހާއަށް އަނިޔާ ކުރުމުގެ ސަބަބުން އަންހެން މީހާއަށް އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާދީފަ ވެއެވެ. އެކަމަކު މާ ސީރިއަސް އަނިޔާތަކެއް ލިބިފަ ނުވާކަމަށް މަރުކަޒާ ހަވާލާދީ ފުލުހުން ބުނެ އެވެ.

މި މައްސަލައިގަ ހައްޔަރު ކުރި އެ އަންހެން މީހާގެ ފިރިމީހާ އަކީ34 އަހަރުގެ މީހެކެވެ. އޭނާ ހައްޔަރު ކުރީ ރޭގެ ވަގުތެއްގައި އެވެ.

އެ އަންހެން މީހާ އެޑްމިޓް ކުރުމުން އެ ރަށުގެ ބައެއް މީހުން ވަނީ ސިއްހީ މަރުކަޒު ދޮށަށް އެއްވެފަ އެވެ. އެކަމަކު ފުލުހުން ވާހަކަދެއްކުމުން އެމީހުން އެ ސަރަހައްދުން ދިޔަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް