ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގައި ނުވަ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަންތައް ހިންގީ މިދިޔަ މަހުގެ31 ވަނަ ދުވަހާއި މިމަހުގެ ހަވަނަ ދުވަހު ކަމަށެވެ. މި އޮޕަރޭޝަންތަކުގައި ކޯޓު އަމުރުގެ ދަށުން ހަތަރު ގެއަކާއި ސައިކަލެއް ބަލާ ފާސްކުރި ކަމަށެވެ.
އަދި އަށް މީހަކު މި އޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައިވާކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ25 އަހަރުގެ ތިން ފިރިހެނުންނާއި 37، 24 23، 27 އަދި 50 އަހަރުގެ ފިިރިހެނެއް ކަމަށެވެ.
މިއޮަރޭޝަންތަކުގައި ޖުމްލަ ނުވަ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފަ ވާއިރުު 1،522،785 ރުފިޔާއާއި 173،831 ޔޫއެސް ޑޮލަރުވެސް ވަނީ އަތުލައިގެންފައެެވެ.
ފުލުހުން ބުނީ މި ދެ އޮޕަރޭޝަނަކީ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރި ކުރާ ނެޓްވޯކްތައް އަތުލައިގަތުމަށް ކުރިޔަށްގެންދާ މަސައްކަތުގެ ދަށުން ހިންގުނު އޮޕަރޭޝަނެއް ކަމަށެވެ. މި ދެ މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމެންޓު ޑިމާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް