މަޑަވެލި ކައުންސިލާއި ނައިބު ރައީސް ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ހުވަދުއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ހުވަދު އަތޮޅު ދެކުނުބުރީ މަޑަވެއްޔަށް މިއަދު ވަޑައިގެން އެރަށު ކައުންސިލާ ބައްދަލު ކުރައްވައިފިއެވެ. ...

08 Feb 2019 | 13:02

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ހުވަދުއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ހުވަދު އަތޮޅު ދެކުނުބުރީ މަޑަވެއްޔަށް މިއަދު ވަޑައިގެން އެރަށު ކައުންސިލާ ބައްދަލު ކުރައްވައިފިއެވެ.

މަޑަވެލީގެ ކައުންސިލަރުންނާއި ބައްދަލުކުރައްވައި ނައިބު ރައީސް ވަނީ އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ ބެހޭ މައުލޫމާތު ކައުންސިލަރުންގެ ފަރާތުން އޮޅުންފިލުވާފައެވެ.

މަޑަވެލީގެ ކައުންސިލަރުންވަނީ، ރަށުގައި ބައެއް އުމްރާނީ ވަސީލަތްތަކުގެ ދަތިކަން ކުރިމަތިވާ ކަމާއި، އަދި އިޖުތިމާއީ ގޮތުން ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލު ކޮށްދެއްވުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް