ފުވައްމުލަކާއި ފަރެސްމާތޮޑާއާއި ދެމެދު ފެރީގެ ހިދުމަތް ފަށައިފި

ފުވަމުލަކު ސިޓީ އާއި ގދ. ފަރެސްމާތޮޑާއާ ދެމެދު ފެރީ އާއި ލޯންޗުގެ ހިދުމަތް ނައިބު ރައީސް ފައިސަލް ނަސީމް އިފްތިތާހް ކުރައްވައިފިއެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ގާއިމު ކުރެއްވި ލޯންޗް ފެރީގެ ހިދުމަތ...

08 Feb 2019 | 12:43

ފުވަމުލަކު ސިޓީ އާއި ގދ. ފަރެސްމާތޮޑާއާ ދެމެދު ފެރީ އާއި ލޯންޗުގެ ހިދުމަތް ނައިބު ރައީސް ފައިސަލް ނަސީމް އިފްތިތާހް ކުރައްވައިފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ގާއިމު ކުރެއްވި ލޯންޗް ފެރީގެ ހިދުމަތް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ނައިބު ރައީސް ވިދާޅުވިގޮތުގައި، ދިވެހި ރައްޔިތުންނަށް ލިބޭ ތަރައްޤީގެ ކުރިއެރުންތައް ލިބިގެން ދިއުމުގެ ހަގީގަތަކީ ރައްޔިތުން އެކަކު އަނެކަކާ ގުޅިލާމެހި ކުރެވޭ މަސައްކަތް ކަމަށެވެ.

ނައިބު ރައީސް ފައިސަލް ނަސީމް އިތުރަށް ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ އެއްވެސް ރަށެއް ނުވަތަ ރައްޔިތެއް ބާކީ ނުކޮށް މުޅި ރާއްޖެއަށް ތަރައްގީ ގެނެސްދެއްވުން ކަމަށެވެ. އަދި ރައްޔިތުން އެދޭ ގޮތަށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށް ދިނުމަށް ސަރުކާރު ހިންގުމުގެ ކަންކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކުން ވެސް ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ފައިސަލް ވިދާޅުވި އެވެ.

އޭގެ އިތުރުން މުސްތަގުބަލުގެ ޖީލަކީ ވަރުގަދަ ގައުމިއްޔަތެއް ދިރުވައިދޭނެ އަދި ތަރައްގީ ގެނެސްދޭނެ ޖީލަކަށް ހެދުމުގެ މުހިންމުކަން ފައިސަލް ފާހަގަ ކުރެއްވި އެވެ. އެކަމަށްޓަކައި ބެލެނިވެރިންނާއި މުދައްރިސުން ގުޅިގެން ހަރުދަނާ މަސައްކަތްތަކެއް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

ނާއިބު ރައީސް ފަރެސްމާތޮޑާއަށް ކުރެއްވި ދަތުރުފުޅުގައި އެރަށު ކައުންސިލާއި، މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެ ފަރާތްތަކަށް ކުރިމަތި ވަމުންދާ ގޮންޖެހުންތަކާއި އެކަންކަން ހައްލު ކުރުމުގެ ގޮތުން ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް