ތަނެއްގެ ހަމަޖެހުން ބިނާވެގެންވަނީ އެތަނެއްގެ މުޖުތަމައުގެ މައްޗަށް:ނައިބު ރައީސް

ތަނެއްގެ ހަމަޖެހުން ބިނާވެގެންވަނީ އެތަނެއްގެ މުޖުތަމައުގެ މައްޗަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ހުވަދު އަތޮޅުގެ ރަށްރަށަށް މި...

08 Feb 2019 | 12:37

ތަނެއްގެ ހަމަޖެހުން ބިނާވެގެންވަނީ އެތަނެއްގެ މުޖުތަމައުގެ މައްޗަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހުވަދު އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ނައިބު ރައީސް ފައިސަލް ނަސީމު ހޯނޑެއްދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި، ޤައުމުގައި ހަމަޖެހުން ޤާއިމު ކުރުމަށްޓަކައި، މިއަދު ދިވެހި ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގައި އެންމެން ގުޅި، ހިއްސާވުމުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ. އަދި ރައްޔިތުން އެދޭ ކަންކަން ހާސިލު ކުރުމަށްޓަކައި އެކުވެރިކަމާއި އެއްބައިވަންތަކަމާއިއެކު މަސައްކަތްކުރުމަށް ހުރިހާ ރައްޔިތުންނަށް ގޮވައިލެއްވިއެވެ.

ރައްޔިތުންގެ އުއްމީދުތައް ހާސިލު ކޮށްދިނުމަށްޓަކައި ސަރުކާރުން ރާއްވަވާފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ރަޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދެއްވުމުގައި ކައުންސިލްތަކާ ގުޅިގެން ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ ސަރުކާރުން ތައުލީމީ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތައް ރައްޔިތުންނާއި ހިއްސާ ކުރައްވައިފައެވެ. ނައިބު ރައީސް ވިދާޅުވިގޮތުގައި، މީގެ ކުރިން ރާއްޖޭގައި ކަނޑައަޅާފައި ނުވާވަރުގެ ބޮޑު ބަޖެޓެއް މިއަހަރު ތައުލީމީ ދާއިރާއަށް ކަނޑައަޅާފައިވާކަމަށެވެ.

މިޒިޔާރަތުގައި ނައިބު ރައީސް ވަނީ، އެރަށުގެ ކައުންސިލާ ބައްދަލުކުރައްވައި، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް އޮޅުންފިލުއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް