ކުޅުދުއްފުށީގައި ފަތުރުވެރިކަން ނެތުމުން ހިތާމަކުރާ ކަމަށް ޓޫރިޒަމް މިނިސްޓަރ ވިދާޅުވެއްޖެ

ހދ ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވެގެން އަންނައިރު، އެރަށުގައި ފަތުރުވެރިކަން ތައާރަފްވެފައި ނެތުމަކީ ހިތާމަކުރާކަމެއްކަމަށް ޓޫރިޒަމް މިނިސްޓަރު އަލީވަހީދު ވިދާޅުވެއްޖެއެވެ. ތިލަދުންމައްޗަށް މިހާރު ކު...

08 Feb 2019 | 11:12

ހދ ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވެގެން އަންނައިރު، އެރަށުގައި ފަތުރުވެރިކަން ތައާރަފްވެފައި ނެތުމަކީ ހިތާމަކުރާކަމެއްކަމަށް ޓޫރިޒަމް މިނިސްޓަރު އަލީވަހީދު ވިދާޅުވެއްޖެއެވެ.

ތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ކުޅުދުއްފުށީ އެއަރޕޯރޓް ބައްލަވާ ލެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ރޭގެ ވަގުތެއްގައި ކުޅުދުއްފުށީގެ ރައްޔިތުންނާ ބައްދަލުކޮށް އިހްސާސްތައް އަޑުއަހާލުމުން އެންމެ ބޮޑަށް ފާހަގަކުރެވުނުކަމަކީ ހދ އަތޮޅުގައި ފަތުރުވެރިކަން ނެތުމުގެ ކަންބޮޑުވުންކަމަށާއި، ހދ އަތޮޅުން ގިނަ ރަށްތަކެއް ފަތުރުވެރިކަމަށް ދޫކުރިތާ، އެތަކެއް އަހަރުތަކެއް ވެގެންދިޔަނަމަވެސް އެ ރަށްތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ނުދާކަމުގެ ޝަކުވާއެވެ.

ހދ އަތޮޅުން ރިސޯޓް ހަދަން ދޫކޮށް ނުހެދި ގިނަ އަހަރުތަކެއްވެފައިވާ ރަށްތަކާއި ގުޅޭގޮތުންވަރަށް އަވަހަށް ގޮތެއް ނިންމަވާނޭކަމަށެވެ. އިކޮނޮމިކް ކައުންސިލުން ދަނީ އެކަމަށް ބޭނުންވާ މައުލޫމާތު އެއްކުރަމުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކުޅުދުއްފުށީގެ އިތުރުން ހަނިމާދޫ، ދިއްދޫ އަދި ކެލައަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް