ރީކޯ މޫސާ މަޖިލިސް އިންތިހާބުގައި ވާދަނުކުރޭ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި މިހާރު އެ މަޖިލީހުގައި ހުޅުހެންވޭރު ދާއިރާ ތަމްސީލް ކުރައްވަމުން ވަޑައިގަންނަވާ ރިކޯ މޫސާ މަނިކު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރައްވަން ނިނ...

08 Feb 2019 | 10:24

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި މިހާރު އެ މަޖިލީހުގައި ހުޅުހެންވޭރު ދާއިރާ ތަމްސީލް ކުރައްވަމުން ވަޑައިގަންނަވާ ރިކޯ މޫސާ މަނިކު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރައްވަން ނިންމަވައިފި އެވެ.

ރީކޯ މޫސާ މިޖިލީހަށް ކުރިމަތި ނުލައްވާ ކަމަށް އިއުލާން ކުރެއްވީ އެބޭފުޅާ މިއަދު ކުރެއްވި ޓޫވީޓެއްގައެވެ. އެބޭފުޅާ ކުރެއްވި ޓުވީޓުގައި އިނީ އިއްޔެ  ބޭއްވި ރައްޔިތުންގެ މަޖިލީސް މި އަހަރަށް ހުޅުވުމުގެ ޖަލްސާގެ ތެރެއިން ރައީސްގެ ދެކަނބަލުންނާއި، ކުރީގެ ރައީސުންގެ އިތުރުން އުއްތަމަފަނޑިޔާރާއި، މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާއި އެކު ނަގާފައިވާ ފޮޓޮއެކެވެ.

ކުރިން ލ. އަތޮޅުގެ މެމްބަރުކަން ވެސް ކުރައްވާފައިވާ މޫސަ އިއުލާނު ކޮށްފައި އޮތީ މިފަހަރު މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ގަމު ދާއިރާ އަށް ވާދަކުރައްވާށެވެ. ނަމަވެސް އެކަން ބަދަލުކުރައްވާ، އިންތިހާބުގައި ވާދަ ނުކުރާން ނިންމެވީ ކީއްވެގެން ކަމެއް، އަދި ސާފު ވާގޮތެއް ނުވެއެވެ.

އެކަމަކު ބައެއް ނޫސްތަކަށް މޫސަ ވިދާޅުވެފައިވަނީ، އެއީ ވަކި ސަބަބެއް އޮވެގެން ނިންމި ނިންމުމެއް ނޫން ކަމަށެވެ. އަދި މަޖިލީސް އިންތިހާބުގައި ވާދަނުކުރާން ނިންމީ ކުއްލި ގޮތަކަށް ވާދަނުކުރާން ބޭނުންވެގެން ކަމަށާއި، އެ ނިންމުން ނިންމީ މިއަދު ކަމަށް ވެސް މޫސަ ވިދާޅުވެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް