ބޭރު ސިފައިން ރާއްޖެ އަރާކަށް ނޭދެން، އެއީ ބައެއްގެ އަމިއްލަ ވިސްނުން: ގާސިމް އިބްރާހިމް

ބޭރުގެ އަސްކަރިއްޔާއަކުން ރާއްޖެ އަރަން ޖުމްހޫރީ ޕާޓީންނާއި އެ ޕާޓީގެ ރައީސް ގާސިމް އިބްރާހިމް ތާއީދު ނުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ. ގާސިމް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއ...

08 Feb 2018 | 13:17

ބޭރުގެ އަސްކަރިއްޔާއަކުން ރާއްޖެ އަރަން ޖުމްހޫރީ ޕާޓީންނާއި އެ ޕާޓީގެ ރައީސް ގާސިމް އިބްރާހިމް ތާއީދު ނުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ގާސިމް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައި އެވެ.

އެ ޓްވީޓްގައި ގާސިމް ވިދާޅުވީ ލޮބުވެތި ދިވެހި ގައުމުގެ މިނިވަންކަމާ، އިސްތިގްލާލް އާ، ސިޔާދަތު އެއްވެސް މިންވަރަކަށް ބުރޫއަރާނެ ބޭރުގެ "މިލިޓަރީ އިންޓަވެންޝަން" އަކަށް އެމަނިކުފާނު އަދި ޖޭޕީ ބައިވެރި ނުވާނެ ކަމުގައި ދަންނަވާ ކަމަށެވެ.

"ބައއް ބޭފުޅުންގެ އަމިއްލަ ވިސްނުން، އަޅުގަނޑާ މަޝްވަރާ ނުކުރެއްވީތީ ހިތާމަ ކުރަން" ގާސިމްގެ ޓްވީޓްގައި ވެ އެވެ.

ގާއިމް މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގެ މަސްރަހު ހައްލަކަށް އަޅުވައިދިނުމަށް ބޭރުގެ އެހީތެރިކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެދިލައްވާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް