އުއްތަމަ ފަނޑިޔާރު ސަސްޕެންޑް ކޮށްފި

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު، ޖޭއެސްސީ އިން ސަސްޕެންޑް ކޮށްފި އެވެ. ޖޭއެސްސީން ބުނެފައިވަނީ އުއްތަމަ ފަނޑިޔާރު ސަސްޕެންޑް ކުރަން ނިންމީ ލިބިފައިވާ ހެކިތަކަށް ބަލާފައި ކަމަށެވެ. ޖުޑީޝަލް ސާވިސް ކޮ...

08 Feb 2018 | 11:06

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު، ޖޭއެސްސީ އިން ސަސްޕެންޑް ކޮށްފި އެވެ.

ޖޭއެސްސީން ބުނެފައިވަނީ އުއްތަމަ ފަނޑިޔާރު ސަސްޕެންޑް ކުރަން ނިންމީ ލިބިފައިވާ ހެކިތަކަށް ބަލާފައި ކަމަށެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނެފައިވަނީ ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާކަމުގެ މައުލޫމާތު ފުލުހުން ދީފައިވާކަމަށެވެ.

"ހިންގާ ހަވާއިދުގެ 42 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން، ގޮތެއް ކަނޑައެޅުމަށްޓަކައި، ބޭއްވުނު ކޮމިޝަންގެ ބައްދަލުވުމުން، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޒު އަބްދުﷲ ސައީދުއާ ބެހޭގޮތުން މިހާތަނަށް ލިބިފައިވ ހެކިތަކަށް ބަލައި، ދައުލަތުގެ ތަހުގީގީ އިދރާތަކުން ބަލަމުންދާ މައްސަލައިގައި އެ އިދާރާއިން ގޮތެއް ކަނޑައަޅައި ކޮމިޝަނަށް އަންގައި ކޮމިޝަނުން ގޮތެއް ކަނޑައަޅަންދެން ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކާއި، ވާޖިބުތަކުން އެކަހެރިކޮށް ބެހެއްޓުމާއި، އަދި ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އެންގުމަށް ކޮމިޝަނުން ނިންމައިފި އެވެ" ޖޭއެސްސީގެ ބަޔާނުގައި ބުނެފައި ވެ އެވެ.

އުއްތަމަ ފަނޑިޔާރު ސަސްޕެންޑް ކޮށްފައިވާއިރު ފުލުހުން ވަނީ އުއްތަމަ ފަނޑިޔާރުގެ މައްޗަށް ތިން ތުހުމަތެއް ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް