މައްސަލަތައް ހައްލުކުރަން ބޭނުންވަނީ އެންމެ ދެ އަހަރު: މަހާތީރު

މެލޭޝިޔާއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން ބޭނުންވަނީ އެންމެ ދެ އަހަރު ކަމުގައި، ބޮޑުވަޒީރު ކަމަށް ވާދަކުރަން ނިންމާފައިވާ އެ ގައުމުގެ ކުރީގެ ބޮޑުވަޒީފު ޑރ. މަހާތީރު މުހައްމަދު ވިދާޅުވެއްޖެ އ...

08 Feb 2018 | 08:01

މެލޭޝިޔާއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން ބޭނުންވަނީ އެންމެ ދެ އަހަރު ކަމުގައި، ބޮޑުވަޒީރު ކަމަށް ވާދަކުރަން ނިންމާފައިވާ އެ ގައުމުގެ ކުރީގެ ބޮޑުވަޒީފު ޑރ. މަހާތީރު މުހައްމަދު ވިދާޅުވެއްޖެ އެވެ.

މަހާތީރު ވިދާޅުވެފައިވަނީ ގައުމުގެ މައްސަލަތައް ހައްލު ކުރަން، 22 އަހަރުގެ ތަޖުރިބާ އެބަހުރިކަމަށާއި އެ ތަޖުރިބާގެ އަލީގައި ގައުމުގެ މައްސަލަތައް ހައްލުކުރަން ބޭނުންވަނީ އެންމެ ދެ އަހަރު ކަމަށެވެ.

މަހާތީރު ބޮޑުވަޒީރުކަމުގެ ރޭހަށް ނިކުމެވަޑައިގަންނަވަނީ ޕަކާތަން ހަރަޕާން އިއްތިހާދުންނެވެ. މަހާތީރު ވަނީ މެލޭޝިޔާގައި 1981 އިން ފެށިގެން 2003 އަށް އެ ގައުމުގައި ބޮޑުވަޒީރުކަން ކުރައްވާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް