ގެންނަށް އުޅުނު ބަގާވާތަށްފަހު މަޝްވަރާ ކުރަން އިދިކޮޅު ފަރާތްތަކުން ބޭނުންވެދޭނަ ކަމުގައި ގަބޫލު ކުރައްވާ ކަމަށާއި އެ ފުރުސަތު އެބަ އޮތް ކަމުގައި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.
ޝައިނީ މިހެން ވިދާޅުވީ އޯލް ޕާޓީ ޓޯކްސް އަށް ގޮވާލައި ކުރެއްވި ޓްވީޓެއްގައި އެވެ.
އެ ޓްވީޓްގައި ޝައިނީ ވިދާޅުވެފައިވަނީ ގެންނަން އުޅުނު ބަގާވާތުގެ ހެކި ފުލުހުން ހާމަކުރުމާއެކު މަޝްވަރާ ކޮށްގެން ސިޔާސީ މައްސަލަތައް ހައްލު ކުރަން އިދިކޮޅުން ބޭނުންވެދާނެ ކަމުގައި ދެކެވަޑައިގަންނަވާ ކަމަށާއި އެހެންކަމުން މަޝްވަރާއަށް ޝަރުކާރުން ގޮވާލާ ކަމަށެވެ.
ޝައިނީ މިހެން ވިދާޅުވެފައިވާއިރު އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން ހައްޔަރުކޮށްފައިވާ މައްސަލައިގާ ފުލުހުން ވަނީ އެ ފަރާތްތަކަކުގެ މައްޗަށް ކުރެވޭ ތުހުމަތުތައް ހާމަކޮށްފައި އެވެ. އަދި ހެކި ލިބިފައިވާކަމުގައިވެސް ފުލުހުން ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް