ރައީސް ނަޝީދަށް މަރުގެ އިންޒާރުދޭ ޓްވިޓާ އެކައުންޓެއްގެ މައްސަލަށް ފުލުހަށް

ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި އެ ޕާޓީގެ ތަރުޖަމާނު އިމްތިޔާޒް ފަހުމީއށް ޓްވިޓާ އެކައުންޓަކުން މަރުގެ އިންޒާރުދޭތީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ. އިދިކޮޅު ސިޔާސީ ޕާޓީ، އެމްޑީޕީން ބުނ...

08 Feb 2018 | 04:17

ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި އެ ޕާޓީގެ ތަރުޖަމާނު އިމްތިޔާޒް ފަހުމީއށް ޓްވިޓާ އެކައުންޓަކުން މަރުގެ އިންޒާރުދޭތީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.

އިދިކޮޅު ސިޔާސީ ޕާޓީ، އެމްޑީޕީން ބުނެފައިވަނީ ޓްވިޓަރ އެކައުންޓެއް ކަމުގައިވާ @youthsinlkއިން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، މިޕާޓީގެ ސްޕޯކްސްޕަރސަން އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛް އިމްތިޔާޒް ފަހުމީއަށާއި އަދި މިބޭފުޅުންގެ އިތުރުން އެއެކައުންޓުން އެހެން މީސްމީހުންނަށްވެސް އަންނަނީ މަރުގެ އިންޒާރު ދެމުން ކަމަށެވެ.

"އެހެންކަމުން އެކަން ތަޙްޤީޤްކޮށް، އެ އެކައުންޓު ބޭނުންކުރަމުންގެންދާ ފަރާތް ހޯދައި އެއީ ސީރިއަށް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސަސްއަށް ބުދަ ދުވަހުގެރޭ ހުށަހަޅައިފިއެވެ." އެމްޑީޕީން ބުނެފައިވެ އެވެ.

އެމްޑީޕީން  މިހެން ބުނެފައިވާއިރު ސުޕްރީމް ކޯޓުން ކުރި އަމުރަކާއި ގުޅިގެން ގައުމުގައި ކުއްލި ހާލަތު ވަނީ އިއުލާނު ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް