ކ. މާފުށި ސަރަހައްދުގައި އަޅާފައިވާ ސަފާރީތައް ނެގަން ނޯޓިސް ދީފި އެވެ.
މާފުށީ ކައުންސިލުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު މާފުށީ ކައުންސިލްގެ އިހުތިސާސް ހިނގާ ސަރަހައްދުގައި ބަނދަރުކޮށްފައިވާ ސަފާރީތައް އިހުތިސޯސް އިން ބޭރަށް ގެންދިޔުމަށް އަންގާ ކަމަށެވެ.
އެ އިއުލާނުގައި ބުނެފައިވަނީ މާފުށީ ކައުންސިލްގެ އިހުތިސޯސްގައި އެއްވެސް ސަފާރީއެއް ބަނދަރުކޮށްފައިވާނަމަ، މިމަހުގެ 10 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެ ސަފާރީ އެއް އެތަނުން ނަގަން އަންގާ ކަމަށެވެ
އެ މުއްދަތުގައި ސަފާރީތައް ނުނަގައިފިނަމަ ސަފާރީތައް ކައުންސިލްގެ ފަރާތުން ނަގާނެ ކަމަށާ، އެ ތަކެތި ނައްތާލާނެ ކަމަށެވެ. ނޫނީ ނީލަމުގައި ވިއްކާލާނެ ކަމަށް ބުނެފައިވެ އެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވަނީ ރަށު ކައުންސިލްގެ އިހުތިސޯސް އަކީ އެ ރަށެއްގެ އުރަފަތުން ފެށިގެން 700 މީޓަރު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް