ޖޫރިމަނާގެ ގޮތުގައި މިދިޔަ އަހަރު 233 މިލިއަން ރުފިޔާ

މިދިޔަ އަހަރުގެ ނިޔަލަށް އެކިއެކި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 233.1 މިލިއަން ރުފިޔާ ލިބިއްޖެއެވެ. ޖޫރިމަނާ އަދި ޕެނަލްޓީގެ ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 197 މިލިއ...

08 Jan 2020 | 09:50

މިދިޔަ އަހަރުގެ ނިޔަލަށް އެކިއެކި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 233.1 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ޖޫރިމަނާ އަދި ޕެނަލްޓީގެ ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 197 މިލިއަން ރުފިޔާ އެވެ. ނަމަވެސް އަހަރު ނިމުނު އިރު ލަފާކުރި މިންވަރަށްވުރެ 36 މިލިއަން ރުފިޔާ ގިނައިން ވަނީ އާމްދަނީގެ ގޮތުގައި ލިބިފައެވެ.

މީގެ ތެރޭގައި ހިމެނެނީ ގާނޫނާ ހިލާފުވެގެން ކުރާ ޖޫރިމަނާގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ 83 މިލިއަން ރުފިޔާ އާއި ގަވައިދާ ހިލާފުވެގެން ކުރާ ޖޫރިމަނާގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ 30 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން އެގްރިމެންޓުތަކާ ހިލާފުވެގެން ކުރެވޭ ޖޫރިމަނާގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ 11 މިލިއަން ރުފިޔާއެވެ.

މިއަހަރަށް ލަފާކޮށް ފާސްކޮށްފައިވާ ބަޖެޓުގައި ޖޫރިމަނާގެ ގޮތުގައި ޖުމްލަ 169.7 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް