ޖަލުތަކުގައި ހިނގަމުން ދިޔަ ހަމަނުޖެހުންތައް ނިމިފައިވާ ކަމަށާއި ގައިދީން ބަސް އަހާފައިވާ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން މުނާޒް ވިދާޅުވީ މައްސަލަ ފެށުނީ ޖެނުއަރީ ތިން ވަނަ ދުވަހުގެ ހެނދުނު ރިމާންޑް ބަންދުގައި ތިބި ބަޔަކު، ޖަލު އޮފިސަރަކާއި ނަރުހެއްގެ ގަޔަށް ލޮނުމިރުސް ފެން ޖެހި ހިސާބުން ކަމަށެވެ.
އަދި އެ ގޯނާ ކުރުން އިތުރުވެ އެހެން ގޮޅިތަކުން ވެސް އެކަންތައް ފަށައި މާލޭ ޖަލުގައި ވެސް ހަމަނުޖެހުން ހިންގަން ފެށި ކަމަށް މުނާޒް ވިދާޅުވި އެވެ.
މުނާޒު ވިދާޅުވި ގޮތުގައި، އެހިސާބުން ފެށިގެން އެމީހުން ކުއްލިއަކަށް ހަމަނުޖެހުން ހިންގަން ފެށި ސަބަބު ދެނެގަތުމަށް މަސައްކަތް ފެށުނެވެ.
އެކަން ހައްލު ކުރަން ގައިދީންގެ ކަންބޮޑުވުންތައް އަޑު އެހުމަށް ފަހު ނަސޭހަތް ދީފައިވާ ކަމަށާއި ހަމަޔަކަށް އެޅުވުން ދިގުލައިގެން ދިޔަ ނަމަވެސް މިހާރު ގައިދީން ބަސް އަހާފައިވާ ކަމަށް މުނާޒް ވިދާޅުވި އެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް