މިދިޔަ ބުރާސްފަތި ދުވަހު ބ. ދޮންފަނު ކައިރިން ޑިންގީއަކާއި ލޯންޗެއް ޖެހިނ އެކްސިޑެންޓުގައި ގެއްލުނު ޑިންގީ ކަނޑު އަޑިން ހޯދައިފިއެވެ.
އެ ހާދިސާއާއި ގުޅޭ އެންމެ ފަހުގެ އަޕްޑޭޓް މީޑިއާތަކާއި ހިއްސާ ކުރައްވަމުން، އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ބުނީ، ދޮންފަނުގެ ހުޅަނގުން 0.5 ނޮޓިކަލް މޭލު ބޭރުން 46 މީޓަރު އަޑިން ޑިންގީ ނަގާފައިވާ ކަމަށެވެ.
މީގެއިތުރުން އެ ޑިންގީ ވަނީ މިހާރު ބ.ދަރަވަންދޫ އަށް ގެންދެވިފައި ކަމަށް ވެސް އެމްއެމްޑީއެފުން ބުންޏެވެ.
އެ ހާދިސާގައި ވަނީ އޭދަފުށި، މުސްތަރީގެ، ނަސްރުﷲ އަބްދުﷲ ގެއްލިފައެވެ. އެކަމަކު ނަސްރުﷲ ގެ އެއްވެސް ނިޝާނެއް މިހާތަނަކަށް ނުފެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް