ލޯންޗު ފެރީ ހިދުމަތް ދިނުމުގައި މަދު ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަގުބޫލުކަން ހޯދާފައިވާ ހޯޕް ޓްރެވަލްސް ލޯންޗު ދަތުރުތަކުގެ ޓިކެޓު ހަމަ އެންމެ މެސެޖަކުންވެސް މިހާރު ހަމަޖައްސާލެވިދާނެއެވެ. އެހާވެސް ފަސޭހައެވެ.
ހޯޕް ޓްރެވަލްސް ލޯންޗު ފެރީ މިހާރު ދަތުރު ކުރަމުން އަންނަނީ ނ އަތޮޅާއި ށ. އަތޮޅާއި ބޮޑުތިލަދުންމަތީ ދެ އަތޮޅު ކަމުގައިވާ ހއ އަދި ހދ އަތޮޅަށެވެ.
ހޯޕް ޓްރެވަލްސް ލޯންޗުތައް ދަތުރުކުރާ ނ. އަތޮޅުގެ ރަށްތަކުގެ ތެރޭގައި ވެލިދޫ، މިލަދޫ، ފޮއްދޫ، ޅޮހި، ހޮޅުދޫ، މަނަދޫ، މަގޫދޫ، މާފަރު، ހެނބަދޫ، ކެނދިކުޅުދޫ، ކުޑަފަރީ، ލަންދޫ އަދި މާޅެންދޫ ހިމެނެއެވެ.
ށ. އަތޮޅުގެ ރަށްތަކުގެ ތެރޭގައި މާއުނގޫދޫ، މިލަންދޫ، ފުނަދޫ، ފީވަށް، ޅައިމަގު އަދި ފޯކައިދޫ ހިމެނެއެވެ.
ބޮޑުތިލަދުންމަތީ ރަށްތަކުގެ ތެރޭގައި ކުޅުދުއްފުށި، ހޯރަފުށި، އުތީމު، އުލިގަން، ދިއްދޫ، ތުރާކުނު، އިހަވަންދޫ އަދި ނޭކުރެންދޫ ހިމެނެއެވެ.
މި ހުރިހާ ޑެސްޓިނޭޝަނަކަށް ޓިކެޓް ބައްލަވައިގަތުންވެސް ހަމަ އެހާމަ ފަސޭހަވެފައި އޮޕްޝަންތައް ގިނައެވެ. ފޯނުކޯލަކުންވެސް ނިންމާލެވިދާނެއެވެ. ވައިބަރ މެސެޖަކުންވެސް އަދި ފޭސްބުކް މެޖެސަކުންވެސް ޓިކެޓް ބައްލަވައިގަނެވިދާނެއެވެ. އީ-ޓިކެޓް ހަމަ ވަގުތުން ވައިބަރއިން ލިބިލައްވާނެއެވެ.
ހޯޕް ޓްރެވަލްސްގެ ފްލީޓްގައި ހިމެނޭ ކޮންމެ ލޯންޗަކީވެސް ފްލައިޓް ސީޓް ހިމެނޭ، ވައި ރަނގަޅަށް ދައުރުވާފަދަ ހިތްފަސޭހަ އަރާމު މާހައުލެއް އެކުލެވޭ ދުވެލި ބާރު ލޯންޗުތަކެކެވެ.
އިތުރު މައުލޫމާތު ބޭނުންފުޅު ނަމަ ހޯޕް ޓްރެވަލްސްގެ ހޮޓްލައިން ތިން ނަމްބަރު ކަމުގައިވާ 9970175، 9970191 އަދި 9970247 އަށް ގުޅާލެއްވުމުން އިތުރު މައުލޫމާތު ލިބިލައްވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް