ހުޅުމާލޭގައި އެންމެ ފަހުން ދިރިއުޅެން ފެށި ފްލެޓްތައް އިންސްޕެކްޓު ކުރަނީ

ހުޅުމާލޭގައި އެންމެ ފަހުން މީހުން ދިރިއުޅެން ފެށި 704 ފްލެޓްގެ ތެރެއިން ގިނަ ފްލެޓްތަކެއްގައި މައްސަލަތައް ހުރި ކަމުގެ ޝަކުވާތައް ލިބެމުން ދިއުމާ ގުޅިގެން ހައުސިން މިނިސްޓްރީން ފްލެޓްތަކުގެ އިންސްޕެކް...

08 Jan 2020 | 08:29

ހުޅުމާލޭގައި އެންމެ ފަހުން މީހުން ދިރިއުޅެން ފެށި 704 ފްލެޓްގެ ތެރެއިން ގިނަ ފްލެޓްތަކެއްގައި މައްސަލަތައް ހުރި ކަމުގެ ޝަކުވާތައް ލިބެމުން ދިއުމާ ގުޅިގެން ހައުސިން މިނިސްޓްރީން ފްލެޓްތަކުގެ އިންސްޕެކްޝަނެއް ހަދަން ފަށައިފި އެވެ.

ހައުސިން މިނިސްޓްރީ އިން ބުނީ މި ފްލެޓުތަކުގައި އުޅޭ މީހުންގެ ފަރާތުން ލިބުނު ޝަކުވާތަކާއެކު ފްލެޓުތަކުގައި ހުރި މައްސަލަތައް ބެލުމަށް އެޗްޑީސީ އާ ގުޅިގެން އިންސްޕެކްޝަނެއް އިއްޔެ ފަށާވައިވާ ކަމަށެވެ.

ހައުސިން މިނިސްޓްރީން ބުނީ ބައެއް ފާރުތަކުގައި ރެނދު ލާފައިވާ މައްސަލައާއި ފެން ލީކްވާ މައްސަލަތަކާ އަދިވެސް އިތުރު ބައެއް މައްސަލަތައް ފްލެޓްތަކުގައި ދިރިއުޅޭ މީހުން ހުށަހަޅާފައިވާ ކަމަށެވެ.

ހުޅުމާލޭގައި އެންމެ ފަހުން މީހުން ދިރިއުޅެން ފެށި 704 ފްލެޓަކީ ޗައިނާގެ ލުއި ލޯނެއްގެ ދަށުން ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަންއާ (ސީއެމްއީސީ) އިން ހަދާފައިވާ ފްލެޓްތަކެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް