.ކަގިރި ކައިރިއަށް ފަރަށް އެރި ބޯޓުން ގެއްލިގެން ހޯދަމުންދާ، އެ ބޯޓްގެ ކައްޕި ހޯދުމަށް ހެލިކޮޕްޓަރު ބޭނުންކޮށްގެން ވައިގެ މަގުންވެސް، ކަނޑުގެ ސަރަހައްދު ބަލަމުން ގެންދާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެ ހާދިސާއާއި ގުޅޭ އެންމެ ފަހުގެ އަޕްޑޭޓް މިއަދު ނޫސްވެރިންނާއި ހިއްސާ ކުރަމުން، އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ބުނީ، މިހާ ތަނަށް ކުރި މަސައްކަތުން ގެއްލިގެން ހޯދަމުންދާ މީހާ އަދި ފެނިފައިނުވާ ކަމަށާއި، އޭނާ ހޯދުމުގެ މަސައްކަތް ދަނީ ހެލިކޮޕްޓަރުގެ އެހީގައި ވައިގެ މަގުންވެސް ކުރަމުން ކަމަށެވެ.
އެމީހާ ހޯދުމަށްޓަކައި، ކޯސްޓް ގާޑުގެ ޑައިވަރުންގެ އިތުރުން އެމްއެންޑީއެފްގެ ލޯންޗުން ދަނީ ކަނޑު ސާފޭސް އޭރިއާ ބަލަމުން ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
އޭނާ ހޯދުމަށް ކުރި މަސައްކަތުން ވަނީ އެ ބޯޓް ފަރަށް އެރި ސަރަހައްދުން މާސްކަކާއި ބޮކްސާ ވައްތަރުގެ ސޯޓެއް ފެނިފައެވެ.
ގެއްލިގެން ހޯދަމުން ދަނީ ހދ. ކުޅުދުއްފުށީ މުހައްމަދު ޔޫސުފް، 37 އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް