ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ދޭނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި އެވެ.
އެމްޑީޕީން ބުނީ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަާއި، މެންބަޝިޕް ޗެކް ކުރާނެ ލިންކާއި، ޝަކުވާ ހުށަހަޅާ ފޯމު އެމްޑީޕީގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ.
އެމްޑީޕީގެ ޕްރައިމަރީ މިމަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާއިރު ޕްރައިމަރީގައި ވޯޓު ދެވޭނީ މިމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް އެމްޑީޕީގެ ދަފްތަރުގައި ހިމެނިފައިވާ މެންބަރުންނަށެވެ.
އެމްޑީޕީގެ ޕްރައިމަރީއާ ގުޅޭގޮތުން އާންމުކޮށްފައިވާ ޓައިމްލައިންގައިވާ ގޮތުން އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އިއުލާންކުރާނީ މިމަހުގެ 13 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް