ޔުކްރޭންގެ މަތިންދާ ބޯޓެއް އިރާނަށް ވެއްޓިއްޖެ

އީރާނުގެ ވެރިރަށް ޓެހެރާންއަށް ޔޫކްރޭން މަތިންދާ ބޯޓެއް މިއަދު ވެއްޓިއްޖެ އެވެ. ބޭރުގެ ބައެއް މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ބޯޓު ވެއްޓުނުއިރު ކުރޫންނާ އެކު އިތުރު 180 ޕެސެންޖަރުން ބޯޓުގައި...

08 Jan 2020 | 05:16

އީރާނުގެ ވެރިރަށް ޓެހެރާންއަށް ޔޫކްރޭން މަތިންދާ ބޯޓެއް މިއަދު ވެއްޓިއްޖެ އެވެ.

ބޭރުގެ ބައެއް މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ބޯޓު ވެއްޓުނުއިރު ކުރޫންނާ އެކު އިތުރު 180 ޕެސެންޖަރުން ބޯޓުގައި ތިއްބެވެ.

އެ ބޯޓުން ވެއްޓުނު އިރު ބޯޓްގައި ތިބި އެންމެން ވަނީ މަރުވެފައެވެ.

މި ބޯޓު ވެއްޓިފައިވަނީ ތެހެރާންގެ އިމާމް ޚޮމެއިނީ އިންޓަނޭޝަނަލް އެއާޕޯޓުން ނައްޓާލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައެެވެ.

މި ބޯޓު ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ޔުކްރޭންގެ ވެރިރަށް ބޮރީސްޕިލް އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް