އާސަންދައިގެ ހޭދަ ބަޖެޓަށްވުރެ އިތުރުވެއްޖެ

އާސަންދައިން މިދިޔަ އަހަރު ކުރި ހޭދަ ލަފާކުރި ވަރަށްވުރެ އިތުރު ވެއްޖެ އެވެ. އާސަންދައިން ހަރަދު ކުރުމަށް މިދިޔަ އަހަރަށް ބަޖެޓްކޮށްފައި އޮތީ، އެއް ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރު ނިމުނުއ...

08 Jan 2020 | 04:44

އާސަންދައިން މިދިޔަ އަހަރު ކުރި ހޭދަ ލަފާކުރި ވަރަށްވުރެ އިތުރު ވެއްޖެ އެވެ.

އާސަންދައިން ހަރަދު ކުރުމަށް މިދިޔަ އަހަރަށް ބަޖެޓްކޮށްފައި އޮތީ، އެއް ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރު ނިމުނުއިރު 1.2 ބިލިއަން ރުފިޔާ ވަނީ އާސަންދައަށް ހޭދަކޮށްފަ އެވެ.

ފިނޭންސް މިނިސްޓްރީން އާންމު ކޮށްފައިވާ ހަފުތާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި

ގައުމީ ބޭސް ފަރުވާނެ ނިޒާމުން ކުރާ ހޭދައިގެ ބޮޑު ބައެއް ދަނީ ބޮޑެތި ބަލި ތަކަށް ރާއްޖޭން ބޭރުގައި ބޭސް ފަރުވާ ކުރަންށެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ އަހަރަށް 30 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސް ކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް