ސައުތު އޭޝިއަން ގޭމްސްގައި ވާދަކޮށް، ލޯ މެޑަލް ހޯދި ރާއްޖޭގެ ގައުމީ އަންހެން ފުޓުބޯޅަ ޓީމާއި، އަންހެން ބާސްކެޓު ޓީމުގެ ކުޅުންތެރިން އަދި އޮފިޝަލުންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލު ކުރައްވާ، ތައުރީފް ކުރައްވައިފި.
އިއްޔެ ވަނީ ރައީސް އޮފީހުގައި އެ ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާ ރައީސް ބައްދަލު ކުރައްވާފަ އެވެ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ އެކު މިނިސްޓަރު މަހްލޫފް ވެސް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި ކުޅުންތެރިން ގައުމަށް ހޯދައިދެއްވި ރީތި ޝަރަފާއި ނަމަށްޓަކައި ވަނީ ހާއްސަ ޝުކުރެއް ދަންނަވައިފަ އެވެ.
ނިމިގެން ދިޔަ އަހަރުގެ ތެރޭގައި ބައިނަލް އަގުވާމީ އެކި އެކި މުބާރާތްތަކުން ރާއްޖެ ވަނީ 46 މެޑަލް ހޯދައިފަ އެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް