އެމެރިކާގެ ކޯލީޝަން ފައުޖު ގާއިމްވެ އިރާގުގައި ތިބޭ އެއާބޭސް އަށް އީރާނުން ރޮކެޓް ހަމަލާތަކެއް ދީފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އެގޮތުން ބީބީސީ އާއި އަލްޖަޒީފާ ފަދަ ނޫސް މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި އިރާގުގައި ހުންނަ އަލް އަސަދު ބޭސް އަށް އީރާނުން ވަނީ ރޮކެޓުގެ ގިނަ ހަމަލާތަކެއް ދީފައެވެ.
ނަމަވެސް މި ހަމަލާތަކުގައި މީހަކު ޒަހަމްވިކަން އަދި ސާފު ނުވާކަމަށް ބޭރުގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.
މި ހަމަލާތައް އީރާނުން ދީފައިމިވަނީ އީރާނުގެ އީރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ ގުދުސް ފޯސްގެ ކޮމާންޑަރު ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަކޮށްލިތާ ހަފްތާއެއް ވާން ގާތްވެފައިވަނިކޮށެވެ.
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ އޯޑަރަށް ގާސިމް ސުލައިމާނީ އަވަހާރަކޮށްލާފައިވާއިރު އެމެރިކާ ކުރެން ހިތި ގޮތަކަށް ބަދަލު ހިފާނެ ކަމުގެ އިންޒާރު އީރާނުން ދީފައިވެއެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް