ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވްގެ މަގާމަށް ހިސާން

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ޗީފް އެގްޒެކްޓިވްގެ މަގާމަށް ހިސާން ހަސަން އައްޔަން ކުރައްވައިފިއެވެ. ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ހިސާން އެ މަގާމަށް އައްޔަން ކުރައ...

08 Jan 2019 | 17:49

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ޗީފް އެގްޒެކްޓިވްގެ މަގާމަށް ހިސާން ހަސަން އައްޔަން ކުރައްވައިފިއެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ހިސާން އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ އިއްޔެއިން ފެށިގެންނެވެ.

އެންޑީއެމްއޭގެ ސީއީގެ މަގާމަށް ހިސާން އައްޔަން ކުރައްވާފައިވާއިރު ހިސާން ކުރިން ހުންނެވީ އެ އޮތޯރިޓީގެ ޕްރޮޖެކްޓް ޑައިރެކްޓަރުގެ މަގާމުގައެވެ.

ކުރިން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ނަން މި ސަރުކާރުގައި ނެޝަނަލް ޑިޒާސްޓަރ އޮތޯރިޓީއަށް މިހާރު ބަދަލުކޮށްފައިވާއިރު ހިސާން އެންޑީއެމްއޭގައި މަސައްކަތް ކުރަން ފެށީ 2004 ވަނަ އަހަރުގައެވެ. އެންމެ ފުރަތަމަ އަދާކުރެއްވި ވަޒީފާ އަކީ ސަޕޯޓް އޮފިސަރެއްގެ މަގާމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް