މިއަހަރުގެ ފުރަތަމަ 5 ދުވަހު ސަރުކާރުން ކޮށްފައިވާ ޚަރަދުގެ ޖުމްލައަކީ 4013 ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން ނެރެފައިވާ ދައުލަތުގެ މިދިޔަ ހަފްތާގެ ޚަރަދުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ހޯމް މިނިސްޓްރީން 2،600 ރުފިޔާ ހަރަދު ކޮށްފައި ވާއިރު،ހެލްތު މިނިސްޓްރީންވަނީ 1،243 ރުފިޔާ ހަރަދުކޮށްފައެވެ.އަދި ޓެކްސް އެޕީލް ޓްރައިބިއުނަލުން 95 ރުފިޔާ ހަރަދުކޮށްފައިވާއިރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން މި މުއްދަތުގެ ތެރޭގައި 75 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
އާ އަހަރާއި ގުޅިގެން ޖެނުއަރީމަހުގެ ފުރަތަމަ ދުވަސް ބަންދުވުމާއިއެކު ހަފްތާ ބަންދުވެސް އެ ފަސް ދުވަހުގެ ތެރެއަށް އައުމުން، ސަރުކާރު އޮފީސްތައް ހުޅުވައި ޚިދުމަތްދީފައިވަނީ ދެ ދުވަހު ކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް