ކުރީގެ ނައިބު ރައީސް އަދި އެމްޓީޑީގެ ރައީސް އަހުމަދު އަދީބު ޑޮކްޓަރުންގެ އިރުޝާދުގެ މަތިން ގޭބަންދުގައި ހުންނަވަނިކޮށް ކުއްލިއަކަށް އަނބުރާ ޖަލަށް ގެންދިޔައީ ޑޮކްޓަރުންގެ އިރުޝާދާއި ޚިލާފަށް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އިން ވިދާޅުވެއްޖެއެވެ.
އެޗްއާރުސީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގައިދީއެއް ނުވަތަ ބަންދުގައި ބަހައްޓާފައި ހުންނަ މީހެއްގެ ސިއްހީ ހާލަތާއި ގުޅިގެން ގޭ ބަންދަށް ބަދަލު ކުރެވިފައިވާ ފަރާތްތަކަށް ދައުލަތުގެ ބެލުމުގެ ދަށުން ހުކުމް ތަންފީޒު ކުރުމަށް ޖަލަށް ގެންދިޔުމުގެ ކުރިން ގައިދީ ނުވަތަ ބަންދު ކުރި މީހާގެ ޞިއްޙީ ހާލަތު ކަށަވަރު ކުރުމަކީ އިންސާނީ ނަޒަރިއާއިން ބަލާނަމަ މުހިންމު ކަމެއް ކަމަށް އެ ކޮމިޝަނަށް ފެންނަ ކަމަށެވެ.
އަދީބު ގެންބަންދުގައި ބަހައްޓަން ޑޮކްޓަރުން ލަފާދީފައިވަނީ މިމަހުގެ 24 ވަނަ ދުވަހާއި ހަމައަށެވެ. އެހެންނަމަވެސް މިމަހު ދެވަނަ ދުވަހު ގޭ ބަންދަށް ޑޮކްޓަރުން ދިން މުއްދަތު ހަމަވެއްޖެ ކަމަށް ބުނެ އަދީބު ވަނީ ކަރެޝަންގެ ބެލުމުގެ ދަށުން އަބުރާ ޖަލަށް ގެންގޮސްފައެވެ. އަދީބު ގެޔަށް އަބުރާ ދޫކޮށް ލުމާއިއެކު ވަނީ އެމްޑީޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދާފައެވެ އެޕާޓީއަށް މިހާތަނަށް ގިނަ ބަޔަކު ސޮއިކޮށްފައިވާއިރު، އަދީބްއަކީ އެޕާޓީގެ ރައީސްގެ ގޮތުގައިވަނީ ހަމަޖައްސާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް