މިދިޔަ އަހަރު ފުލުހުންނަށް ހުށައެޅި މައްސަލަތައް މަދު

ދެހާސް ސަތާރަ ވަނަ އަހާރާއި އަޅާބަލާއިރު ދެހާސް އަށާރަވަނަ އަހަރު ފުލުހުން ބެލި މައްސަލަތައް މަދުކަމަށް ފުލުހުން މިއަދު ބުނެފިއެވެ. މިއަދު އިސްކަންދަރު ކޮށީގައި، ނޫސްވެރިންނަށް މައުލޫމާތު ދެއްވުމުގެ ގ...

08 Jan 2019 | 07:56

ދެހާސް ސަތާރަ ވަނަ އަހާރާއި އަޅާބަލާއިރު ދެހާސް އަށާރަވަނަ އަހަރު ފުލުހުން ބެލި މައްސަލަތައް މަދުކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މިއަދު އިސްކަންދަރު ކޮށީގައި، ނޫސްވެރިންނަށް މައުލޫމާތު ދެއްވުމުގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފުލުހުންގެ ސްޕޯކްސްޕާސަން، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވިގޮތުގައި، 2017 ވަނަ އަހަރަށްވުރެ 2018 ވަނަ އަހަރު މަސްތުވާތަކެތީގެ މައްސަލަ ނޫން އެހެން ހުރިހާ މައްސަލަތަކެއް މަދުވެފައިވާ ކަމަށެވެ.

ފުލުހުންގެ ސްޕޯކްސްޕާސަން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ ޒާހިރު އިތުރަށް ވިދާޅުވީ، 2018 ވަނަ އަހަރު ފުލުހުންނަށް ހުށައެޅިފައިވާ މައްސަލަ ތަކުގެ ޖުމްލައަކީ 14،626 ކަމަށެވެ. ނަމަވެސް 2017 ވަނަ އަހަރު 15،535 މައްސަލައެއް ވަނީ ފުލުހުންނަށް ހުށައަޅައިގެން ތަހުގީގު ކޮށްފައި ކަމަށެވެ.

ވައްކަމާ ގުޅިގެން ހުށައަޅާފައިވާ މައްސަލަތަކަށް ބަލާލާނަމަ، 2017 ވަނަ އަހަރު ވަނީ ވައްކަމާ ގުޅޭ 3503 މައްސަލަ ހުށައަޅާފައެވެ. ނަމަވެސް 2018 ވަނަ އަހަރު ހުށައަޅާފައިވަނީ 3270 މައްސަލަ ކަމަށެވެ. އަދި މީގެ އިތުރަށްވެސް އިޒްމިއާ ވިދާޅުވި ގޮތުގައި، 2018 ވަނަ އަހަރު ވަނީ މަސްތުވާތަކެތީގެ 2230 މައްސަލަ ތަހުގީގު ކޮށްފައިކަމަށެވެ. އަދި 2017 ވަނަ އަހަރު 2100 މަސްތުވާތަކެތީގެ މައްސަލަ ބަލައިފައިވާ ކަމަށެވެ.

އިޒްމިއާ ޒާހިރު އިތުރަށް ވިދާޅުވީ،ލމާރާމާރީ އާއި ފޭރުމުގެ މައްސަލަތަކަށް ބަލާއިރު 2018 ވަނަ އަހަރު މާރާމާރީއާ ގުޅޭ 754 މައްސަލައެއް ހުށައަަޅާފައިވާ ކަަމަށެވެ. އެއީ 2017 ވަނަ އަހަރާ އަޅާ ބަލާ އިރު 16 މައްސަލަ މަދު އަދަދެއް ކަމަށެވެ. އަދި 2018 ވަނަ އަހަރު ފޭރުމުގެ 537 މައްސަލައެއް ހުށަހަޅާފައިވާ ކަަމަށާއި އަދި އެއީ 2017 ވަނަ އަހަރާ އަޅާ ބަލާއިރު 125 މައްސަލަ މަދު އަދަދެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް