ޕޯސްޓުމޯޓަމް ހެދުމުގައި އަމަލުކުރާނެ މިންގަނޑެއް އެކުލަވާލައިފި

މަރުވެފައި ނުވަތަ މަރާލެވިފައިވާ މީހުންގެ ތަހްގީގަށް ޕޯސްޓްމޯޓަމް ހެދުމުގެ އަމަލުކުރާނެ މިންގަނޑެއް ހިއުމަން ރައިޓްސް ކޮމިޝަނުން މިއަދު އެކުލަވާލައްވައިފިއެވެ. އެ މިންގަނޑު އެކުލަވާލުމުގެ މަގުސަދުތަކަ...

08 Jan 2019 | 07:25

މަރުވެފައި ނުވަތަ މަރާލެވިފައިވާ މީހުންގެ ތަހްގީގަށް ޕޯސްޓްމޯޓަމް ހެދުމުގެ އަމަލުކުރާނެ މިންގަނޑެއް ހިއުމަން ރައިޓްސް ކޮމިޝަނުން މިއަދު އެކުލަވާލައްވައިފިއެވެ.

އެ މިންގަނޑު އެކުލަވާލުމުގެ މަގުސަދުތަކަކީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 21 ވަނަ މާއްދާއިން ކޮންމެ މީހަކަށްމެ ލިބިދީފައިވާ ދިރިހުރުމުގެ ހައްގާއި، އަމިއްލަ މިނިވަންކަމާއި، ނަފްސު ރައްކާތެރިކުރުމުގެ ހައްގު ހިމާޔަތްކުރުމަށްޓަކައި، ޝުބްހައެއް ނުވަތަ ޝައްކު އުފެދޭ ހާލަތްތަކުގައި މަރުވާ މީހުންނާއި ކުޑަކުދިންގެ މަރުގެ ހަގީގަތް ހޯދުމަށާއި، އިންސާފު ހޯދުމަށް މަގުފަހިކޮށްދިނުމާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާބެހޭ މުއާހަދާތަކުން ރައްކާތެރިކޮށްފައިވާ ދިރިހުރުމުގެ ހައްގާއި، އެކަށީގެންވާ ބަދަލެއް ހޯދުމުގެ ހައްގު ރައްކާތެރިކުރުމާއި، މިހައްގުތައް ރައްކާތެރިކުރުމަށް ދައުލަތުން އެއްބަސްވެފައިވާ ޒިންމާތައް އަދާކުރުމަށް ބާރުއެޅުން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ހާމަ ކުރައްވާފައެވެ.

މި މިންގަނޑު އެކުލަވާލެވިފައި ނެތުމުން ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ނުވަތަ އެނޫންވެސް ހާލަތެއްގައި ޝުބްހައެއް އުފެދޭފަދަ ގޮތަކަށްމަރުވާ މީހުންނާއި ކުޑަކުދިންގެ މަރުގެ ހަގީގަތް ދެނެގަތުމަށްޓަކައި ޕޯސްޓްމޯޓަމް ނުވަތަ އޯޓޮޕްސީ ޓެސްޓް ހެދުމުގައި ދިމާވާ ދަތިތަކަށް މި ކިންގަނޑު އެކުލަވާލެވިފައި ވުމުން ހައްލެއް ލިބިގެންދާނެ ކަމަށް ވެސް އެ ކޮމިޝަނުން ހާމަ ކުރެއްވިއެވެ.

މި މިންގަނޑުގެ ދަށުން ދައުލަތުގެ މުއައްސަސާ ތަކުން އެކުލަވާލަން ޖެހޭ ގަވާއިދު ތަކާއި، އުސޫލުތައް ވީ އެންމެ އަވަހަކަށް އެކުލަވާލުމަށާއި،މި ހައްގުތައް ރައްކާތެރި ކުރުމަށް އާމުންވެސް މި މިންގަނޑުތައް ދަސްކުރުމަށް އެކޮމިޝަނުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް