ވޯލްޑް ބޭންކްގެ ރައީސް އިސްތިއުފާ ދެއްވައިފި

ވޯލްޑް ބޭންކްގެ ރައީސް ޖިމް ޔޮންގް ކިމް ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ވޯލްޑް ބޭންކުން މައުލޫމާތު ދޭގޮތުގައި ކިމް މިފެށޭ ފެބްރުއަރީ އެއްވަނަ ދުވަހުން ފެށިގެން އެ ބޭންކްގެ ރައީސް ކ...

08 Jan 2019 | 07:17

ވޯލްޑް ބޭންކްގެ ރައީސް ޖިމް ޔޮންގް ކިމް ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ވޯލްޑް ބޭންކުން މައުލޫމާތު ދޭގޮތުގައި ކިމް މިފެށޭ ފެބްރުއަރީ އެއްވަނަ ދުވަހުން ފެށިގެން އެ ބޭންކްގެ ރައީސް ކަމުގެ މަގާމުން ވަކިވާނެ ކަމަށެވެ. ކިމް މަގާމުން އިސްތިއުފާ ދެއްވައިފައި މިވަނީ، މަގާމުގެ މުއްދަތު ހަމަވާން ހަތަރު އަހަރު ބަކީ އޮއްވައެވެ.

ކިމް އެބޭފުޅާގެ ދެވަނަ ދައުރުގެ ކުރީކޮޅު އިސްތުއިފާ ދެއްވީ އިންފްރާ ސްރަކްޗާ ކުންފުންޏާ އެކީ ކުރިއަރަމުން އަންނަ ގައުމުތަކާއި އެކީ މަސައްކަތް ކުރުމަށް މަގުފަހި ކުރުމަށް ކަމަށް ވޯލްޑް ބޭންކުން މައުލޫމާތު ދެއެވެ.

ކިމް ކުއްލިގޮތަކަށް އިސްތިއުފާ ދެއްވި ސަބަބެއް އަދިވެސް މީޑިއާއާއި ހިއްސާކޮށްފައި ނުވާއިރު، އިސްތިއުފާ ދެއްވުމަށްފަހު ނެރުއްވި ބަޔާނެއްގައި ކިމް ވިދާޅުވީ ދުނިޔޭގެ ފަގީރުކަން ނައްތާލުމަށް އެހާ މަސައްކަތް ކުރާ ބޭންކެއްގެ ރައީސް ކަން ކުރެވުނީތީ ވަަރަށް އުފާވާ ކަަަމަށެވެ.

ވޯލްޑު ބޭންކުން މައުލޫމާތު ދޭގޮތުގައި، މި ފެށޭ ފެބްރުއަރީ މަހުން ފެށިގެން ވޯލްޑް ބޭންކުގެ ރައީސް ކަމުގެ މަގާމާއި ހަވާލުވެ ވަޑައިގަންނަވާނީ ކްރިސްޓަލީނާ ޖޯޖާވީ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް