ގެއަކުން 11 ފުޅި ރިހާކުރު ވަގަށް ނަގައިފި

ހދ ކުޅުދުއްފުށީ ގެއެއްގެ ބަދިގޭގައި ހުރި 11 ފުޅި ރިހާކުރު ވަގަށް ނަގައިފިއެވެ. ކުޅުދުއްފުށި ޑޮޓްކޮމްގައި ރިޕޯޓްކޮށްފައިވާގޮތުގައި ތިލަދެކުނު ސިނަމާ ކައިރީގައި ހުންނަ މިގެއިން ވަގަށް ގެންގޮސްފައިވަނީ ފ...

08 Jan 2019 | 07:10

ހދ ކުޅުދުއްފުށީ ގެއެއްގެ ބަދިގޭގައި ހުރި 11 ފުޅި ރިހާކުރު ވަގަށް ނަގައިފިއެވެ.

ކުޅުދުއްފުށި ޑޮޓްކޮމްގައި ރިޕޯޓްކޮށްފައިވާގޮތުގައި ތިލަދެކުނު ސިނަމާ ކައިރީގައި ހުންނަ މިގެއިން ވަގަށް ގެންގޮސްފައިވަނީ ފޯސްޓަރ ކުލާކް ޖޫސް ހުސްކުރި ފުޅީގެ 11 ފުޅި ރިހާކުރެވެ.

ރިހާކުރު ކައްކާ އޭގެ ވިޔަފާރި ކޮންމެވެސް ވަރަކަށް ކުރަމުންދާ އެގެއިން ރިހާކުރު ފުޅިތައް ވަގަށް ގެންގޮސްފައިވަނީ ބަނދިގޭގައި ހުރި ކަބަޑެއްގައި ބަހައްޓާފައި ހުއްޓާ ކަމަށާއި މިދިޔަ މަހު ފަހު ކޮޅު ހިނގި މި ވައްކަމުގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވީނަމަވެސް މިހާތަނަށް މިމައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިއެއް ނުވާކަމަށްވެސް އެ ނޫހުގައި ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ މީގެ ކުރިންވެސް މިގެއިން ވަނީ ރޯނު ބޮނޑިތަކެއްވެސް ވަގަށް ގެންގޮސްފައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް