މުލީގައި ތޫނު އެއްޗަކުން ހަމަލާދީ ބިދޭސިއަކު ޒަހަމް ކޮށްލައިފި

މ. މުލީގައި ހުންނަ އެޕަލް ފާމަސީގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ. ފުލުހުންގެ މީޑީއާ އޮފިޝަލް މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ތޫނު އެއްޗަކުން ހ...

08 Jan 2019 | 06:08

މ. މުލީގައި ހުންނަ އެޕަލް ފާމަސީގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އަދި ފުލުހުންނަށް މިމައްސަލަ ރިޕޯޓްކޮށްފައިވަނީ ރޭގައި ގާތްގަނޑަކަށް 7:57 ހާއިރު ކަަމަށެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވި ގޮތުގައި، އެމީހާގެ އުމުރަކީ 31 އެއް އަހަރު ކަމަށެވެ. އަދި މިހާރު އެނާއަށް އަންނަނީ މުލީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.

މުލީގެ ކައުންސިލް އިދާރާގެ ރައީސް ޝާތިރު ބައެއް އޮންލައިން ނޫސްތަކަަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި، ރޭގަ އިޝާ ނަމާދު ވަގުތުގައި އެ ބިދޭސީ މީހާއަށް ހަމަލާދީފައިވަނީ މޫނު ނިވާކޮށްގެން ހުރި މީހަކު ފާމަސީ ތެރެއަށް ވަދެގެން ކަަމަށެވެ. އަދި ހަމަލާދީފައިވަނީ އެމީހާގެ އަތުގެ އުޅަނބޮއްޓަށް ކަމަށެވެ.

އެމީހާއަށް ފަރުވާ ދެމުން އަންނަ މުލީ ރީޖަނަލް ހޮސްޕިޓަލްގެ އޮފިޝަލަކު މައުލޫމާތު ދެމުން ވިދާޅުވީ، އެ ބިދޭސީ މީހާގެ ހާލު މިހާރު ރަނގަޅު ކަަމަށެވެ. އަދި އެމީހާގެ އަތުގެ އުޅަނބޮއްޓާ ދިމާލުން 4-5 އިންޗި ފުނަށް ކަފައިގެން ގޮސްފައިވާ ކަަމަށެވެ.

އެބީދޭސީ މީހާއަށް ހަމަލާދިނީ ކާކު ކަމެއް އަދި އިނގިފައެއް ނުވެއެވެ. އަދި މިއީ ކޮން މަގުސަދެއްގައި ކުރި ކަމެއް ކަންވެސް އަދި ސާފެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް